ޒަހީނުއްދީން ސަޢީދު   28 އޭޕްރީލު 2024 - 10:23
ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް ހަދާ ތިލަމާލެ ބްރިޖް ތަނބުތަށް ފެނުން މައްޗަށް ހިއްލާލައިފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ނާޝިދު ވަނީ ބްރިޖުގެ މަސައްކަތް ފެންނަ ފޮޓޯ ތަކެއް އެކްސްގައި އާންމު ކުރަށްވާފައެވެ. އެ ފޮޓޯތަކުން ފެންނަގޮތުގައި ބްރިޖުގެ ތިން ތަނބުގެ ކޮންކްރީޓް މަސައްކަތް ނިމި ފެން މައްޗަށް ހިއްލާލާފައިވާ ތަން ފެންނަން ހުރެއެވެ.





ޑެޕިއުޓީ މިނިސްޓަރު ނާޝިދު ވިދާޅުވީ ތިލަމާލެ ބުރިޖު މަސައްކަތުގެ ސްޕީޑް ހުރީ ތާވަލާއަޅާ ބަލާއިރު 1.33 އިންސައްތަ ކުރީގައިކަމަށެވެ.

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތޮލިބު މީގެ ކުރިން ވިދާޅުވެފައިވަނީ ތިލަމާލެ ބުރިޖުގެ މަޝްރޫއު މިހާރު ކުރިއަށްދަނީ ތާވަލަށްވުރެ އަވަހަށް ކަމަށެވެެ. އެގޮތުން އެ މަޝްރޫއުގެ 35 އިންސައްތަ މަސައްކަތް ނިންމާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ޝެޑިއުލަށް ބަލާއިރު މާލެއިން ފެށިގެން ގުޅިފައިޅާ ހަމައަށް ބުރިޖު ގުޅައިލުމުގެ މަސައްކަތް މާޗު 2026ގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށެވެ.

ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖް ނުވަތަ ތިލަމާލެ ބްރިޖަކީ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު އެއްގަމުން ގުޅާލުމަށް ބިނާކުރާ ބްރިޖެކެވެ.

އިންޑިއާ ސަރުކާރުން ދޭ ލޯނާއި އެހީގެ ދަށުން ބިނާކުރާ ބްރިޖްގެ މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާރ ލިމިޓެޑުންނެވެ.

ތިލަމާލެ ބްރިޖްގެ ދިގުމިނަކީ 6.7 ކިލޯ މީޓަރެވެ. މި މަޝްރޫޢުގައި ހިމެނެނީ ބްރިޖް އަދި ލިންކިން ރޯޑް ތަކެކެވެ. މިއީ މަޝްރޫއަށް 500 މިލިއަން ޑޮލަރު ނުވަތަ 07 ބިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެކެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން