ހެރިޓޭޖް މިނިސްޓްރީއާ ގުޅިގެން ކުރިއަށް އޮތް ބޮޑު އީދު ފާހަގަކުރަން ބޭނުންވާ ރަށްރަށުން ޕްރޮޕޯޒަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހެރިޓޭޖް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ބޮޑު އީދު ފާހަގަކުރަން ނިންމާފައި ވަނީ ތިން ރަށެއްގައި ކަމަށެވެ.

އަދި އެތިން ރަށް ކަނޑައަޅާނީ ހުށަހަޅާ ޕްރޮޕޯސަލްތައް ބެލުމަށްފަހު އެންމެ ރަނގަޅު ތިން ޕްރޮޕޯސަލެއް ހުށަހަޅާ ރަށްރަށަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

ހުށަހަޅާ ޕްރޮޕޯޒަލްތަކުގެ ތެރެއިން ބޮޑު ޢީދު ފާހަގަކުރާނެ ރަށެއް ކަނޑައެޅުމުގައި ބަލާނީ އީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި، ކައުންސިލުން ކުރައްވާނެ ޚަރަދުތަކާއި، އަދި އަގެއް ނުނަންގަވާ އެރަށަކުން ކޮށްދެއްވާނެ ކަންތައްތަކުގެ މައްޗަށް ބަލައިގެން ކަމަށް ވެސް ބުނެފައި ވެއެވެ.

"ވީމާ، މި ވުޒާރާއާ ގުޅިގެން ތިޔަ އަތޮޅުގެ އެއްވެސް ރަށަކުން މިއަހަރުގެ އަޟްހާ އީދު ފާހަގަ ކުރުމަށް ބޭނުންފުޅުވާނަމަ އެ ރަށްރަށުން ޕްރޮޕޯޒަލް ތައްޔާރު ކުރެއްވުމަށްފަހު 9 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި ވުޒާރާއަށް ޕްރޮޕޯޒަލް އީމެއިލް ކުރެއްވުން އެދެމެވެ." ހެރިޓޭޖް މިނިސްޓްރީގެ އިއުލާންގައި ބުނެފައި ވެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން