ހަތް ހާހަށްވުރެ ގިނަ ދަރިވަރުންނާއެކު މި އަހަރުގެ އޯ ލެވެލް އިމްތިހާން ރާއްޖޭގައި ފަށައިފި އެވެ.

މިއަހަރުގެ އޯލެވެލް އިމްތިހާނު ކުރިއަށްގެންދަނީ މިއަދުން ފެށިގެން ޖޫން މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަހަރުގެ އިމްތިހާން ރާއްޖޭގެ 256 ސެންޓަރެއްގައި ކުރިއަށްދާނެ ކަމަށެވެ.

އެގޮތުން 7501 ދަރިވަރުން، އޯ ލެވެލް އިމްތިހާން ހަދާއިރު، 7133 ދަރިވަރުން އެސްއެސްސީ އިމްތިހާން ހަދާނެ އެވެ.

މި ފަހަރު އޯ ލެވަލް ހަދާ ދަރިވަރުންގެ އަދަދު ކުރީ އަހަރަށް ވުރެ 802 ދަރިވަރުން އިތުރެވެ.

ގިނަ އަދަދެއްގެ ދަރިވަރުން މި އަހަރުވެސް އޯ ލެވެލް ހަދާއިރު އޯ ލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން ފަސް މާއްދާއިން ފާސްވުމަށް ކަނޑައަޅާފައިވާ އިންސައްތައަށް އަދިވެސް ވާސިލް ނުވެވޭ ކަމަށް މި ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުގައި ވަނީ ވިދާޅުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން