ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވުމުގެ ސަބަބުން ޖަލްސާ ބޭއްވޭ ގޮތެއް ނުވި އެވެ.

އެހެން ދުވަސްތަކެކޭ އެއްފަދައިން މިއަދުވެސް ޖަލްސާ ތާވަލުކޮށްފައި އޮތީ ހެނދުނު ނުވައެއް ޖަހާއިރު ފަށާ ގޮތަށެވެ. ނަމަވެސް 9:30 ވީއިރުވެސް މެމްބަރުން ހަމައެއް ނުވެ އެވެ.

މަޖިލީހުގެ ކޯރަމް ހަމަވަނީ 22 މެމްބަރުންނާ އެކުއެެވެ.

އެހެންވެ މިއަދުގެ ޖަލްސާ ބޭއްވޭނެ ތަނެއް ނެތް ކަމަށް ވިދާޅުވެ ރައީސް މުހައްމަދު އަސްލަމް ވަނީ ޖަލްސާ ނިންމަވާލައްވާފަ އެވެ.

މިއަދުގެ ޖަލްސާއަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓަރްކްޗާ މިނިސްޓަރު ޑރ. މުހައްމަދު މުއްތަލިބުވެސް ހާޒިރުވެވަޑައިގެންނެވި އެވެ. އެއީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވަޒީރާ ސުވާލު ކުރައްވަން ހުށަހަޅުއްވާފައިވާތީ އެވެ.

މި ހިނގާ 19 ވަނަ މަޖިލިސް އަންނަ މަހުގެ 15 އާ ހަމައަށް ދެމި އޮންނާނެ ކަމަށް މަޖިލީހުގެ ރައީސް ވަނީ އިޢުލާން ކުރައްވާފަ އެވެ. އަދި މި ދައުރުގެ އެންމެ ފަހު ޖަލްސާ ބާއްވާނީ އަންނަ މަހުގެ 13 ވަނަ ދުވަހު ކަމަށް އޭނާ ވިދާޅުވިއެވެ.

އާ މަޖިލިސް މެމްބަރުން ހުވާކުރުން އޮންނާނީ އަންނަ މަހުގެ 28 ވަނަ ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން