ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް ލިބުނު ބޮޑު ކާމިޔާބާއިއެކު ޕީއެންސީގެ ތެރެއިން މަޖިލީހުގެ ރައީސަކު އިންތިހާބުކުރާނެކަމަށް ގަބޫލުކުރެވޭއިރު އެ މަގާމަށް ގެންނާނެ މީހަކު ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާކަމަށް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވުމުން އެކަމަށް އިބްރާހީމް އިސްމާޢީލް ފާޑުވިދާޅުވެއްޖެއެވެ.

އިބްރާ މިއަދު ފޭސްބޫކްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އިންތިހާބު ކުރާނެ މީހަކު ރައީސް ކަނޑައަޅާ ހިސާބަށް ދިޔައީމާ މަޖިލީސް ރަބަރު ތައްގަނޑެއްގެ ދަރަޖައަށް ވެއްޓުނީކަމަށެވެ.

އަދި މަންޒަރު މި ފެންނަގޮތުން، ކުރިއަށްއޮތް 5 އަހަރު މަޖިލިސް ވަރަށް އޮމާން ވާނެކަމަށާއި އެއްވެސް ކަމެއްގައި ބަހުސެއް އޮވެދާނެކަމަށް ނުފެންނަކަމަށް ވެސް އިބްރާ ވަނީ ވިދާޅުވެފައެވެ. އެއާއިއެކު ސަރުކާރުން ބޭނުންވާ ކޮންމެ ގާނޫނެއް ފާސްވާނެކަމަށާއި ކޯޓުތަކަށް ހުށަހެޅޭ ދުސްތޫރީ މައްސަލަތައް ވެސް ގިނަވާނެކަމަށެވެ.

އިބްރާ ވިދާޅުވީ، އެކަން އެހެން ވެއްޖެނަމަ ކޯޓުތަކަށް ހިފަހައްޓާލަން ދަތިވާނެކަމަށާއި ދުވަސްތަކެއް ނުވެ ސްޕުރީމް ކޯޓުގެ ބެންޗަށް ބަދަލުތަކެއް އަންނާނެކަމަށެވެ.

މަޖިލިސް އިންތިހާބުގައި ޕީއެންސީއަށްވަނީ 71 ގޮނޑި ކާމިޔާބު ކުރެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން