ފަސް ވަގުތު ނާޅައި ނަމާދު ކުރާ މީހުން ސިޔާސީ މައިދާނަށް ނެރެދެއްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަސްވަގުތު ނާޅައި ނަމާދުކުރާ މީހުން ސިޔާސީ މަސައްކަތުގެ އިސް ސަފަށް ނެރެ ބާރުވެރި ކުރަން ބޭނުންވާ ކަމަށެވެ.

އަދި މާތް ﷲގެ އިރާދަފުޅުން ހަޔާތުގެ ބާކީ އޮތް ބައިގައި ދެން ދެމިހުންނާނީ އެ މަސައްކަތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ އިމްރާނަކީ ނިމިގެން ދިޔަ އެމްޑީޕީ ސަރުކާރު ވެރިކަމަށް ގެންނަން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެކަކެވެ. އަދި ނިމިގެން ދިޔަ ވެރިކަމުގައި އިމްރާން ފާހަގަވެގެން ދިޔައީ ވެސް އެންމެ ބާރުގަދަ އެއް ވަޒީރުގެ ގޮތުގަ އެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ވެސް އެމްޑީޕީއާ ކޯލިޝަން ހަދައިގެން ކުރިއަށްދިޔަ ހަމައެކަނި ޕާޓީއަކީ ވެސް އިމްރާންގެ އަދާލަތު ޕާޓީ އެވެ.

މިދިޔަ އާދިއްޔަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަކުނުދޫ ދާއިރާއަށް އިމްރާން ވާދަ ކުރެއްވި އެވެ. ނަމަވެސް އެ ގޮނޑި ކާމިޔާބެއް ނުކުރެއްވުނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން