އާ ރައްޔިތުންގެ މަޖިލިސް ވާނީ ތަހުޒީބު އަދި ޒިންމާދާރު މަސައްކަތްތަކެއް ކުރާ މަޖިލީހަކަށް ކަމަށް ޕީއެންސީގެ ޓިކެޓްގައި ފޮނަދޫ ދާއިރާއަށް އަލުން މަޖިލީހަށް ހޮވިވަޑައިގަތް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ މަޖިލިސް އިންތިހާބުގައި ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރަން ރޭ ބޭއްވި ޖަލްސާގެ ތެރެއިން ދައުލަތުގެ މީޑިޔާއަށް އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުންނެެވެ. ރައީސް މުޢިއްޒުގެ އިސް ވަޒީރު އަދި މަޖިލީހުގެ ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބުދުއްރަޙީމް ވިދާޅުވީ، އާ މަޖިލީހަކީ ތަހުޒީބީ އުސޫލުން އަމަލުކުރާނެ މަޖިލީހަކަށް ވެގެންދާނެ ކަމަށެވެ. އެގޮތުން އާ މަޖިލީހަކީ ރައީސް ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް ބޭނުންވާ ކަންކަމަށް ފުރިހަމަ އެއްބާރުލުން ދޭނެ މަޖިލީހަކަށް ވާނެ ކަމަށް އުއްމީދު ކުރަށްވާ ކަަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ.

މީގެ އިތުރުން އަބުދުއްރަޙީމް ވިދާޅުވީ އިންތިހާބުގެ ނަތީޖާއިން ދައްކުވައި ދިނީ ހަމަނުޖެހުމެއްގެ ތެރޭގައި ރާއްޖެ އޮންނަން ރައްޔިތުން ބޭނުން ނުވާކަން ކަމަށެވެ. އަދި ދިވެހި ރައްޔިތުން ބޭނުންވަނީ ހަމަޖެހުމާއި ތަރައްގީ ކަމަށް ނަތީޖާއިން ދައްކައިދީފި ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް މުޢިއްޒު ވެވަޑަައިގެންފައިވާ ވައުދުތަށް ރަނުން ރަނަށް ފުއްދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް މަޖިލީހުން ކުރާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން