މިދިޔަ އާދިއްތަ ދުވަހު ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އައްޑޫގެ ދާއިރާތަކަށް އަލަށް އިންތިހާބުވި މެމްބަރުންނާއެކު އެ ސިޓީ އިތުރަށް ތަރައްގީވެގެންދާނެ ކަަމަށް އުއްމީދުކުރައްވާ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ނިމިގެން ދިޔަ އިންތިހާބުގައި އައްޑޫގެ މެޖޯރިޓީ ވަނީ އެމްޑީޕީއަށް ގެއްލިފަ އެވެ.

އެގޮތުން އެމްޑިޕީއަށް ނެގުނީ މަރަދޫ ދާއިރާ އާއި ހިތަދޫ ދެކުނު ދާއިރާގެ ގޮނޑި އެވެ. އައްޑޫ ސިޓީގެ މެޖޯރިޓީ ނަގާފައިވަނީ ޕީއެންސީއިންނެވެ.

މޭޔަރު އަލީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ 20 ވަނަ ރައްޔިތުންގެ މަޖްލިސްގައި އައްޑޫ ސިޓީ ތަމްސީލް ކުރުމަށް ހޮވިވަޑައިގަތް 8 ބޭފުޅުންނަށް މަރުޚަބާ ދަންނަވައިފަ އެވެ.

"އުއްމީދަކީ ތިޔަބޭފުޅުންގެ ދައުރުގެ ތެރެއިން އައްޑޫ ސިޓީއަށް ތަރައްގީގެ މަގުގައި ލާބައާއި މަންފާ ލިބިގެން ދިއުން. ސަރުކާރުން އައްޑޫ ސިޓީގެ ތަރައްގީއަށް ކުރަން." އޭނާ ވިދާޅުވި އެވެ.

އައްޑޫ އިތުރަށް ތަރައްގީވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މޭޔަރު ވިދާޅުވި އިރު ކެމްޕޭންގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލެއާއި އެއްފެންވަރަށް އައްޑޫ ސިޓީ ތަރައްގީކޮށްދޭން ބޭނުންފުޅުވާ ކަމަށާއި، އަދި މި ފަސް އަހަރުގެ ތެރޭގައި މިކަން ކޮށްދޭން މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެމްޑީޕީއަށް ނިސްބަތްވާ އައްޑޫގެ މޭޔަރު މަޖިލިސް ކެމްޕޭންގެ ތެރޭގައި ވަނީ ނިމިގެން ދިޔަ ސަރުކާރުގައި އައްޑޫގައި ހިންގި މަޝްރޫއުތަކަށް ފާޑުވެސް ވިދާޅުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން