މިދިޔަ އާދިއްތަ ދުވަހު ބޭއްވި ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކޮށް ހޮވުނު މެމްބަރުން އަންނަ މަހު ހުވާކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މި ހިނގާ 19 ވަނަ މަޖިލިސް އަންނަ މަހުގެ 15 އާ ހަމައަށް ދެމި އޮންނާނެ ކަމަށެވެ. އަދި މި ދައުރުގެ އެންމެ ފަހުގެ ޖަލްސާ ބާއްވާނީ އަންނަ މަހު 13 ވަނަ ދުވަހު ކަމަށް އޭނާ ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ އާ މަޖިލިސް މެމްބަރުން ހުވާކުރުން އޮންނާނީ އަންނަ މަހުގެ 28 ވަނަ ދުވަހު ކަމަށެވެ.
މި ހިނގާ 19 ވަނަ މަޖިލީހަށް 87 މެމްބަރުން އިންތިހާބު ކުރިއިރު މި ފެށޭ ވިހި ވަނަ މަޖިލީހަށް 93 މެމްބަރުން އިންތިހާބުކޮށްފައި ވެއެވެ.
މި ހިނގާ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ސުޕަ މެޖޯރިޓީ ނެގިއިރު މި ފަހަރުގެ އިންތިހާބުގައި ސުޕަ މެޖޯރިޓީ ނެގީ ވެރިކަން ކުރާ ޕީއެންސީއިންނެވެ.
އެގޮތުން ޕީއެންސީން 66 ގޮނޑި ނެގިއިރު ސަރުކާރުން ތާއިދުކުރި އަށް މެމްބަރަކު ވެސް މަނިލީހަށް ހޮވުނެވެ.
އިންތިހާބުގައި އެމްޑީޕީއަށް ބޮޑު ނާކާމިޔާބީއެއް ލިބުނުއިރު އެ ޕާޓީއަށް ނެގުނީ އެންމެ 12 ގޮނޑި އެވެ.

ކިޔުންތެރިންގެ ހިޔާލު