ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.

ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:30 އާއި ހަމައަށް ކުރިއަށް ގެންދާ މިއަދުގެ ވޯޓުލުމަށް ކަނޑައަޅާފައިވާ ގިނަ މަރުކަޒު ތަކުގައި 8 ޖެހުމާއެކު ވަނީ ވޯޓުލާން ފަށާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރައްވައެވެ.

މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު 284،663 މީހަކަށް ލިބިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 145،302 ފިރިހެނުންނާއި 139،361 އަންހެނުންނެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ އިންތިހާބުގައި 603 އަށް ވުރެ ގިނަ ވޯޓްފޮށި ބަހައްޓާފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ތިން ގައުމެއްގައި ވަނީ ވޯޓް ފޮށި ބަހައްޓާފައެވެ. އެއީ އިންޑިއާ، ސްރީ ލަންކާ އަދި މެލޭޝިއާގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން