2018 ވަނަ އަހަރު އެމްޑީޕީން ވެރިކަމާ ހަވާލުވިއިރު ޢިއުލާންކުރި މެނިފެސްޓޯ، ވެރިކަން ނިމިގެން ދިޔައިރުވެސް އޮތީ އޮތްތާނގައި ކަމަށާއި އެޕާޓީގެ ވައުދުތައް ނުފުއްދުނު ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.
މަޖިލިސް އިންތިޚާބަށް ޑިމޮކްރެޓްސްގެ ކެންޑިޑޭޓުންނަށް ތާޢީދު ހޯއްދެވުމަށް ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އެމްޑީޕީއަށް މެނިފެސްޓޯގައި ހުރި ވައުދުތައް ނުފުއްދުނު ކަމަށާއި އެހެން ކަމުން ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އެޕާޓީއަށް ވޯޓް ދޭންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ކުރީގެ ރައީސް ސޯލިހްގެ ސަރުކާރަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ވެސް ނުބެލުނު ކަމަށާއި އޭގެ ބަދަލުގައި ހިނގީ ވައްކަން ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރުގައި އުފެދުނީ ވައްކަމުގެ ނެޓް ވޯކެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ބޯހިޔާވަހިކަމުގެ ވައުދު ވެސް އެމްޑީޕީއަށް ނުފުއްދުނު ކަމަށާއި ވެރިކަން ނިމެން ގާތްވުމުން ރައްޔިތުންނަށް ގޯއްޗާއި ފުލެޓް ދިނުމުގެ ނަމުގައި ހިންގީ ބޮޑު އޮޅުވާލުމެއް ކަމަށެެވެ. ރަައީސް ސޯލިހުގެ ސަރުކާރުގެ މެނިފެސްޓޯގައި އޮތީ ވެށިފަހި މާލެ ޕްރޮގްރާމު ހިންގުން ކަމަށާއި މާލޭ ސަރަހައްދުގައި އެނޫން ޕްރޮގްރާމެއް ހިންގުމެއް ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށް ވީމާ، މިއީ ބޯހިޔާވަހިކަމޭ ކިޔާފައި، އެއީ ސިހުރެއް. އޭރުގައި ވެސް އަޅުގަނޑުމެން ދެންނެވިން އެއީކީ ބޯހިޔާވަހިކަމުގެ ސިޔާސަތެއް ނޫނޭ. އެންމެ ފަހުން ބަލައިލި އިރުގައި ގޯތި ދީފައި ހުރީ ނަރުދަމާގެ މަތީގައި. ގާދޫކޮލުން ގޯތި ކަނޑާފައި އޮތީ، ކާށިދޫ ކަނޑުންނާ." ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން 19 ވަނަ މަޖިލިސް އުފެދިގެން އައީ ދިވެހި ދައުލަތުގެ ދަރަނި އަލުން އަނބުރާ އެކުލަވާލާނެކަމުގެ ވައުދާއެކު ކަމަށާއި އެހެން ނަމަވެސް އެމްޑީޕީން ކަން ކުރީ މެނިފެސްޓޯއާ ދިމާ އިދިކޮޅަށް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީގެ ސަރުކާރުގައި ގައުމުގެ އުފެއްދުންތެރިކަން ދިޔައީ ދަށައް ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އަނެއްކާ އަނެއް ސުކޫކް ބޮންޑު ވިއްކެވި، ދަރަނި ދައްކަން ވެގެން އަނެއްކާ ދަރަންޏަށް ފައިސާ މި ނެގުނީ، ދަރަނީގެ ދަންތުރަ އިން ދިވެހިން އެއްގޮތަކަށް ވެސް ސަލާމަތް ވާގޮތް ނުވީ. މިއަދު އަޅުގަނޑުމެންގެ އުފެއްދުންތެރިކަމުގެ 120 ޕަސެންޓު އެހުރީ ދަރަނީގެ މިންވަރުގައި ދިވެހި ދައުލަތަށް ލިބޭ އެއްޗެއްގެ 20 ޕަސެންޓް އެދަނީ ދަރަނި އަނބުރާ ދެއްކުމަށް،" ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު