އަހުޒަމް އަޙްމަދު   19 އޭޕްރީލު 2024 - 18:7
އައްޑޫ ސިޓީގައި ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ އޮފީހެއް ހުޅުވައިފި އެވެ.

އެ އޮފީސް ހުޅުވާފައި ވަނީ އައްޑޫ ސިޓީގެ ހިތަދޫގަ އެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އޮފީސް ހުޅުވައިދެއްވީ އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ އިބްރާހިމް ޝަރީފް މުޙައްމަދެވެ.

އެ ރަސްމިއްޔާތުގައި އާރުޑީސީ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓ) އަލީ ޒުހައިރާއި ކޯޕަރޭޝަންގެ އިސްވެރިންނާއި ސަރުކާރު އިދާރާތަކުގެ އިސްވެރިންނާއި އައްޑޫ ސިޓީގެ ކަމުވޮށިގެންވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކުރީ ސަރުކާރުން އިންޑިއާގެ އެފްކޮންސް އިންފްރާސްޓަކްޗަ ލިމިޓެޑާ ހަވާލުކޮށްގެން އައްޑޫގެ މަގުތައް ހެދުމުގެ މަޝްރޫއު އަދިވެސް ދަނީ ކުރިއަށެވެ.

އެ މަސައްކަތުގެ ތެރެއިން އައްޑޫގެ އަވަށްތަކުގެ މަގުތަކުގެ އިތުރުން ހަންކެޑެ އާއި ގައުކެނޑި ގުޅިފައި އޮތް ކޯޒްވޭ ބަދަލުކުރާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ތެރެއިން ފޭދޫ ފިޔަވައި އެހެން ހުރިހާ އަވަށެއްގައި ޖުމްލަ 103 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމް ވެސް ގާއިމުކުރަން ވަނީ ނިންމާފައެވެެ.

މަގުތައް ހަދާއިރު، ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ، ހުޅުދޫ އަދި މީދޫ ހިމެނޭ ގޮތަށް ޖުމްލަ 40 ކިލޯމީޓަރުގެ މަގުގައި ތާރު އަޅަން ނިންމާފައި ވާއިރު ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް (ސީއެސްބީ) ލޭޔާ އެޅުމަށް ހަމަޖެހިފައިވާ ކަމަށް އޭރުގެ ސަރުކާރުން ވަނީ ބުނެފައެވެ. މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 106 ކިލޯމީޓަރުގެ މަގު ހެދުމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން