ތ. ގުރައިދޫ އަދި ށ. ކޮމަންޑޫގެ އެއަރޕޯޓު ތަރައްޤީ ކުރުމަށްޓަކައި ސަރވޭ ކުރުމާއި ޑިޒައިން އަދި އީ.އައި.އޭ ހެދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.

މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގައި ތ. ގުރައިދޫ އެއަރޕޯޓު ތަރައްޤީ ކުރުމަށްޓަކައި ސަރވޭ ކުރުމާއި ޑިޒައިން އަދި އީ.އައި.އޭ ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްޠަލިބް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރ އަހްމަދު ލަތީފްއެވެ.

120 ދުވަސް ތެރޭގައި ނިންމުމަށް އެއްބަސްވެފައިވާ މި މަޝްރޫޢުގެ ޖުމްލަ އަގަގީ 896,400.00 (އަށްލައްކަ ނުވަދިހަ ހަ ހާސް ހަތަރު ސަތޭކަ) ރުފިޔާއެވެ.



މީގެ އިތުރުން، ށ. ކޮމަންޑޫ ކައިރީގައި އެއަރޕޯޓު ތަރައްޤީ ކުރުމުގެ ގޮތުން ށ. ދިގުވެލީ އެއަރޕޯޓު ތަރައްގީ ކުރުމަށްޓަކައި ސަރވޭ ކުރުމާއި ޑިޒައިން އަދި އީ.އައި.އޭ ހެދުމަށް ސަރުކާރުން އެމްޓީސީސީ އާއެކު ހަމަ މިއަދު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ސްޓޭޓް މިނިސްޓަރު އިބްރާހީމް ނަޡީމް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީއެވެ.



ކޮމަންޑޫ އެއަރޕޯޓު ތަރައްގީ ކުރުމަށްޓަކައި ސަރވޭ ކުރުމާއި ޑިޒައިން އަދި އީ.އައި.އޭ ހެދުމުގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި މަޝްރޫޢުގެ އަގަކީ 579,960.00 (ފަސް ލައްކަ ހަތްދިހަ ނުވަ ހާސް ނުވަ ސަތޭކަ ފަސްދޮޅަސް) ރުފިޔާ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން