ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ހިފެހެއްޓުމާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅުތަކަށް ކުރިން އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަދި މިހާރު ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރުގެ މަގާމު ފުރުއްވަމުން ގެންދަވާ މޫސާ ސިރާޖު ރައްދު ދެއްވައިފި އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން ހއ. ކެލާގައި ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ކޮންމެ ފަސް އަހަރަކުން އެއްފަހަރު މެންބަރުން އިތުރުވާ ގޮތަށް މިހާރު އޮތް އޮތުމަކީ، ދައުލަތަށް އޮތް ބުރައަކަށް ވެގެންދާތަން ފެންނަމުންދާ ކަމަށެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގައި އެންމެ ފުރަތަމަ ކުރާނެ އެއް ކަމަކީ މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައަޅައި ހިފެހެއްޓުން ކަމަށެވެ.

ރައީސް ސޯލިހުގެ އެ ވާހަކަތަކަށް ރައްދު ދެއްވައި މޫސާ ސިރާޖު ވިދާޅުވީ 19 ވަނަ ރައްޔިތުން މަޖިލީހުގެ ސުޕަ މެޖޯރިޓީ ދިނީ ރައީސް ސޯލިހު ވިދާޅުވި ބަދަލުތައް ގެނެސްދިނުމަށް ކަމަށެވެ.

"އަޅުގަނޑުމެން ތަކުރާރުކޮށް އެދެމުން ގެންދިޔައިން މަޖިލިސް އަދަދު ހިފަހައްޓަން ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް. ހުއްޓުވީ ސީދާ އެމްޑީޕީގެ ލީޑަރޝިޕުން. އެމްޑީޕީގެ އިހްލާސްތެރިކަމެއް ނެތް." މޫސާ ސިރާޖު ވިދާޅުވި އެވެ.

މަޖިލީހުގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބަވަނީ 87 މެމްބަރުން ނެވެ. ނަމަވެސް އަލަށް އިތުރުވި ދާއިރާތަކާއެކު އަންނަ އާދިއްތަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް މެމްބަރުން ހޮވާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން