ގައުމިއްޔަތުގެ ދާއިރާއިން އަލަށް ގައުމީ އިނާމު ދެނީ
ގައުމިއްޔަތުގެ ދާއިރާއިން އަލަށް ގައުމީ އިނާމު ދެނީ
ގައުމިއްޔަތުގެ ދާއިރާއިން އަލަށް ގައުމީ އިނާމެއް ތައާރަފްކޮށް ދޭން ނިންމައިފި އެވެ.

މި އަހަރު ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، އަންނަ އަންގާރަ ދުވަހު ހުޅުއްވައިލައްވާ ގޮތަށް ގައުމީ އިނާމާބެހޭ ކޮމިޓީން ވަނީ ހަމަޖައްސައިފައެވެ.

ރައީސް އޮފީހުން ބުނީ ގައުމީ އިނާމާބެހޭ ކޮމިޓީން ވަނީ އިނާމު ދެމުންގެންދަާ ދާއިރާތަކާއި ރޮނގުތަކާ ބެހޭގޮތުން ކަމާބެހޭ ވުޒާރާތަކުގެ ހިޔާލު މިހާރު ހޯދައިފައި ކަމަށެވެ.

އެގޮތުން ގައުމީ އިނާމު ދެވޭ ދާއިރާތަކުގެ ތެރެއަށް މި އަހަރު ދެ ދާއިރާއެއް އިތުރުކޮށްފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

އޭގެ ތެރޭގައި އެއް ދާއިރާއަކީ ގައުމިއްޔަތުގެ ދާއިރާކަމަށް ރައީސް އޮފީހުން ބުނެއެވެ. އެ ދާއިރާއިން އިނާމު ދިނުމުގައި ކޮމިޓީން ބަލާ ރޮނގުތަކުގެ ތެރޭގައި، ދިވެހިންގެ މެދުގައި އެއްބައެއްވަންތަކަން އާލާކުރުމާއި ދެމެހެއްޓުމަށް މަސައްކަތް ކުރުމާއި، އިސްލާމީ ގިއުގަނޑުގެ ތެރެއިން "އިސްލާމީ ދިވެހި ސަގާފީ އާދަކާދަތައް" ދިރުވައި އާލާކުރުމަށް މަސައްކަތް ކުރުމާއި، ދިވެހިންގެ އަސާސީ ދެމިތިބުމާއި، ދިވެހި ރަށްވެހިކަމާއި ވަޒަންވެރިކަމަށް ފަހިވާނޭހެން ޢިލްމާއި، ވިސްނުމާއި، ފަންނިއްޔާތާއި، އުފެއްދުންތެރިކަން ދިވެހިރާއްޖެއަށް ވެހިކުރުން ހިމެނެއެވެ.

ގައުމީ އިނާމާބެހޭ ކޮމިޓީން އިތުރުކުރައްވާފައިވާ އަނެއް ދާއިރާއަކީ، ދެމިހުންނަނިވި ޚާއްސަ ހިދުމަތެއް ކުރުމުގެ ދާއިރާއެވެ. އެ ދާއިރާއިން އިނާމު ދިނުމުގައި ބަލާގޮތަށް ހަމަޖެހިފައިވަނީ އެ މީހަކަށް ލިބިފައިވާ ހާއްސަ ހުނަރެއް ބޭނުންކޮށްގެން، ޒަމާންތަކަކަށް ދެމިހުންނަނިވި ގޮތަކަށް ކޮށްފައި ހުރި، މުޖުތަމައުން ބަލައިގެންފައިވާ ހާއްސަ ހިދުމަތަށާއި، ދިވެހި ދައުލަތުގެ ހިމާޔަތުގައި ކޮށްފައިވާ ހާއްސަ ހިދުމަތަށެވެ. އެ ދާއިރާއިން އިނާމު ދިނުމުގައި ބަލާގޮތަށް ހަމަޖެހިފައިވަނީ، ހިދުމަތްކޮށްދީފައިވާ ގޮތަށާއި، ފެންވަރަށާއި، ދެމިހުންނަނިވި މިންވަރަށް ކަމަށް ރައީސް އޮފީހުން ބުނެއެެވެ.

ގައުމީ އިނާމުގެ ގޮތުގައި މި ފަހަރުވެސް ދޭނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލަޔަކާއި، ހަނދާނީ ލިޔުމެކެވެ.

ގައުމީ އިނާމު މި އަހަރުވެސް ދޭނީ ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގަ އެވެ،


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން