ރާއްޖޭގެ އެކި ސަރަހައްދުތަކުން ތިން ސަތޭކައަށް ވުރެ ގިނަ އަދަދެއްގެ ވެހިކަލް ފުލުހުން ޓޯކޮށްފި އެވެ.
ފުލުހުން ބުނީ މިއީ ގަވައިދާ ހިލާފަށް މަގުމަތީގައި ޕާކް ކޮށްފައި ހުރުމާއި ގުޅިގެން އެއްގަމުދަތުރުފަތުރުގެ ގާނޫނުގެ ހަތް ވަނަ މާއްދާގެ ދަށުން ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެދަށަށް ގެނެވިފައިވާ އުޅުނދުތަކެއް ކަމަށެވެ.
އޭގެ ތެރޭގައި މާލޭ، ހުޅުމާލެ އަދި އެކި އަތޮޅުތަކުން ޓޯކޮށްފައިވާ އެއްގަމު އުޅަނދުތައް ހިމެނެ އެވެ.
ނަމަވެސް އޭގެ ތެރޭގައި ގިނައީ މާލެއިން ޓޯކޮށްފައިވާ އުޅަނދުތަކެވެ.
އޭގެ ތެރޭގައި ޓްރަކް، ޕިކަޕް، ވޭން، ސައިކަލު، ބައިސިކަލު އަދި ކާރު ހިމެެނެ އެވެ.
ޓޯކޮށްފައިވާ އުޅަނދުތަކުގެ އަދަދު 348 އަށް އަރަ އެވެ.
ޓޯކޮށްފައިވާ އުޅަނދުތައް އޭގެ ވެރިފަރާތުން 60 ދުވަހުގެ ތެރޭގައި ގެންދިއުމަށާއި އެހެން ނޫންނަމަ އެއްގައުމު ދަތުރުފަތުރުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުގެމަތިން އެ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު