ޒަހީނުއްދީން ސަޢީދު   16 އޭޕްރީލު 2024 - 21:3
ކ. ގުޅިފަޅު ބިންހިއްކުމުގެ މަސައްކަތް ނިންމާލައިފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ ގުޅިފަޅު ހިއްކުމުގެ މަސައްކަތް މުޅިން ނިންމާލާފައިވާ ކަމަށެވެ. ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 18 މިލިއަން ކިއުބިކް މީޓަރުގެ ވެލި ބޭނުންކޮށްގެން އެ ފަޅުން 192 ހެކްޓަރު ވަނީ ހިއްކާފައެވެ.

ގުޅީފަޅު ބިން ހިއްކުމުގެ މަސަައްކަތް ފެށީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހްގެ ސަރުކާރުގައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ގުޅިފަޅަށް 85 ހެކްޓަރުގެ ބިން އިތުރުކުރަން ނިންމާފައިވާ ކަން ހާމަކުރަށްވާފައެވެ.

ގުޅިފަޅު ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން، ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެން އެ ފަޅުން 150 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ޖުލައި މަހު ތެރޭގައެވެ. އެ މަޝްރޫއަކީ 130.4 މިލިއަން ޑޮލަރު (2.01 ބިލިއަން ރުފިޔާ) މަޝްރޫއެކެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން