މަޖިލިސް މެންބަރުން މަޖިލީހަށް އިންތިހާބުވާ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ފަރުމާކޮށްފައިވާ އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގު ނުކުރައްވާނެކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ފެތުރީ ދޮގުކަމަށް ޕީއެންސީން ބުނެފިއެވެ.

ޕީއެންސީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް އެ ޕާޓީން ކަނޑައަޅާފައިވާ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ، އެންޓިޑިފެކްޝަން ބިލް ތަސްދީގު ނުކުރައްވާނެކަމަށް ބުނެ އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން ފެތުރީ ދޮގުކަމަށާއި އެހެންނަމަވެސް މިއަދު ވަނީ ރައީސް އެ ބިލް ތަސްދީގު ކުރައްވާފައިކަމަށެވެ.

އަދި މުޅި މި އިންތިހާބުގައި ވެސް އެމްޑީޕީން ކެމްޕޭން ކުރުމުގެ ބަދަލުގައި ކުރަނީ އެފަދަ އެންޓި ކެމްޕޭންކަމަށް ހީނާ ވިދާޅުވިއެވެ.

އެހެންކަމުން އެމްޑީޕީން މި ކެމްޕޭންގައި ދައްކާ ދޮގުވާހަކަތަކަށް ރައްޔިތުން ސަމާލުވުމަށް ހީނާ ވަނީ ގޮވާލައްވާފައެވެ.

ހީނާ މިހެން ވިދާޅުވެފައި މިވަނީ އެންޓިޑިފެކްޝަން ބިލް ތަސްދީގު ނުކުރާން ރައީސް ޑރ. މުޢިއްޒު އުޅުއްވާކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ތުހުމަތު ކުރައްވާފައިވަނިކޮށެވެ.

ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވަނީ އެ ބިލު ތަސްދީގު ނުކުރައްވައިފިނަމަ އަނެއްކާވެސް މަޖިލީސް ތެރެއިން އެ ބިލް ފާސްކުރައްވާނެކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން