ތ. ތިމަރަފުށީގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް 800 ކިލޯ ވޯޓުގެ ޖަނަރޭޓަރެއް ބަހައްޓަން ނިންމައިފި އެވެ.

ފެނަކައިން ބުނީ އެ ޖަނެރޭޓަރު އިންސްޓޯލްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

ތިމަރަފުށީ ކައުންސިލްގެ ރައީސް އިސްމާއިލް އިބްރާހިމް "ރަސް"އަށް ވިދާޅުވީ މި ފަހަކަށް އައިސް ކަރަންޓް ކެނޑޭ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވެސް ހަތަރު ފަހަރު ކަރަންޓު ކެނޑުނު ކަމަށެވެ.

އޭނާ ވިދާޅުވީ ބޮޑަށް ބެލެވެނީ ލޯޑު ބޮޑުވުމާއި ޖަނެރޭޓަރުތައް ސާވިސްކުރުމުގެ މައްސަަލަތަކާ ހެދި ކަރަންޓް ކެނޑެނީ ކަމަށެވެ.

ތިންހާސް މީހުން ދިރިއުޅޭ ތިމަރަފުއްޓަކީ އެ އަތޮޅުގައި ވެސް އެންމެ އާބާދީ ބޮޑު ރަށެވެ.

ފަހަކަށް އައިސް ބައެއް ރަށްރަށުން ކަރަންޓު ކެނޑޭ މައްސަލަ އިތުރުވެފައިވާއިރު ކަރަންޓުގެ މައްސަަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން