އދ. މަހިބަދޫގެ ފަޅުތެރޭ އޮންނަ ފަޅު ރަށެއް ކަމަށްވާ މާފަރުފަޅު، މަހިބަދޫގެ އިހުތިސާސްގެ ތެރޭގައި ހިމަނައިފި އެވެ.
އެ ރަށް މަހިބަދޫގެ އިހުތިސާސްގެ ތެރޭގައި ހިމެނީ ރައީސް ޑރ. މުހައްމަދު މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރަކުން ނެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ރައީސް މުއިއްޒު ވަނީ އެ ރަށް މަހިބަދޫގެ އިހުތިސާސްގެ ތެރޭގައި ހިމަނައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.
އެހެންވެ އެ ވައުދާ އެއްގޮތަށް މިއަދު ވަނީ އެ ރަށް ހިމެނިކަން އިއުލާންކޮށް ގެޒެޓުގައި ޝާއިއުވެސް ކޮށްފަ އެވެ.
ރައީސް ޑރ. މުހައްމަދު މުޢިއްޒު ރިޔާސީ ކެމްޕޭންގައި ވިދާޅުވީ މާފަރު ފަޅު ގެދޮރު ބިނާކުރުމާއި އުމްރާނީ ތަރައްގީގެ އިތުރުން އިގުތިސޯދީ ތަރައްގީގެ މަޝްރޫތަކާއި އިޖުތިމާއީ ބޭނުންތަކަށް ބޭނުންވާ ޖާގައާއި ސިނާއީ ބޭނުންތަކަށް ރަނގަޅަށް ޕްލޭންކޮށް ޖާގަ ލިބޭ ގޮތަށް އެ ރަށް ތަރައްގީކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު