މާލޭ ސަރަޙައްދުގެ ގޭގޭގައި ހުރި ނައްތާލަން ބޭނުންވާ ބާ މުޞްހަފުތައް މާލޭ ސިޓީ ކައުންސިލުން ބަލައިގަންނަން ނިންމައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މިއީ އެފަދަ ފޮތްތައް ނައްތާލުމުގެ ގޮތުން ފަށާ ޕްރޮގްރާމެއް ކަމަށެވެ.

އެގޮތުން މުސްހަފުގެ އިތުރުން ގުރުއާނުގެ އާޔަތް ނުވަތަ ހަދީސް ހިމެނޭ އެފަދަ ދީނީ ފޮތްތަކާއި ލިޔުންތައް ވެސް ބަލައިގަންނަން ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އެގޮތުން މިހާރު އިންތިޒާމްތައް ހަމަޖައްސަން މަސައްކަތް ކުރަމުން ދަނީ އެފަދަ ފޮތްތައް އަހަރަކު ދެ ފަހަރު ގޭގެއިން ގެނެސް މާލޭ ސިޓީ ކައުންސިލްއާ ހަވާލުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަަމަށް ވެސް ކައުންސިލުން ބުނެއެވެ.

"މިގޮތުން، މި އަހަރުގެ ފުރަތަމަ ފަހަރު، ގޭގެއިން ގެންނަ އެފަދަ ތަކެތި މި އިދާރާއަށް ބަލައިގަތުމުގެ އިންތިޒާމް، 27 އޭޕްރީލް 2024 ން 2 މެއި 2024 ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށް މި އިދާރާގެ ޢާއްމު ޚިދުމަތްތަކާބެހޭ ބައި (ތައިސޭކޮށި) ވިލިމާލެ ސެކްޝަން އަދި ހުޅުމާލެ ސެކްޝަންގައި ހަމަޖެހިފައިވާތީ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާނު ކުރީމެވެ." މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާންގައި ބުނެފައި ވެެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން