ކުޅުދުއްފުށީ ސިޓީއަށް ދިމާވި ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށްފަހު މިރޭ މުޅި ރަށަށް ކަރަންޓް ދީފައިވާކަމަށް އެ ސިޓީއަށް ކަރަންޓްގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އެ ކުންފުނިން މިރޭ ބުނީ، މިއަދު ހެނދުނު ކުޅުދުއްފުށީގައި ހިންގަމުންއައި ހަތް ޖަނަރޭޓަރުގެ ތެރެއިން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލްމޮޑިއުލް އަނދައި މުޅިރަށުން ކަރަންޓު ކެޑުނު މައްސަލަ ހައްލުކޮށް މިރޭ 8:10 ގައި ވަނީ މުޅިރަށަށް ކަރަންޓު ދީފައި ކަމަށެވެ.

އަދި މިއަދު ދިމާވިމައްސަލައާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކުޅުދުއްފުށި ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދައި އެ ސިޓީން ކަރަންޓް ކެނޑުނީ މިއަދު ހެނދުނު 9:15 ގައެވެ. ކަރަންޓް ކެނޑުމާއިއެކު ފެނަކައިންވަނީ ލަސްނުވެ އަލުން ކަރަންޓް ދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

އަދި ސްޓެލްކޯގެ ފަރާތުން ވެސް ވަނީ އެ މަސައްކަތުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓެކްނިކަލް ޓީމެއް އެ ރަށަށް ފޮނުވައިދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން