ކުޅުދުއްފުށި
ކުޅުދުއްފުށި
ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލު ކުރުމަށް ސްޓެލްކޯގެ ޓީމެއް ކުޅުދުއްފުއްޓަށް ދަތުރު ކުރަމުންދާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.

މިއަދުގެ ހަވީރުގެ ވަގުތެއްގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ ސްޓެލްކޯގެ ޓީމުން ކުޅުދުއްފުށްޓައް ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ފެނަކައިގެ އެދުމުގެ މަތިންކަމަށެވެ. އަދި މިދަތުރުގައި ސްޓެލްކޯގެ ގިނަދުވަސްވީ ތަޖުރިބާކާރު އިލެކްޓްރިކަލް އަދި މެކޭނިކަލް އިންޖީނިއަރުން ހިމެނޭކަމަށް ފަހުމީ ވިދާޅުވިއެވެ.



ސްޓެލްކޯގެ ޓީމުން ކުޅުދުއްފުށްޓައް ދަނީ ފެނަކައިގެ މުވައްޒަފުންނާއި ގުޅިގެން ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލުކޮށް ވީއެންމެ އަވަހަކަށް ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް ކަަރަންޓުގެ ޚިދުމަތް ޔަގީންކޮށްދިނުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން