ރާއްޖޭގެ 3 ރަށެއްގައި މަސް ފެކްޓްރީ ގާއިމުކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާ ސަރުކާރު ހިއްސާވާ ކުންފުންޏެއްކަމަށްވާ ޑޮންގްފަންގް އިލެކްޓްރޯނިކް އިންޓަރނޭޝަނަލް ކޯރޕަރޭޝަންއާއެވެ.

މި އެއްބަސްވުމުގެ ދަށުން ޅ. ފެލިވަރު މަސް ބަންދުކުރާ ކާރުހާނާ ތަރައްޤީކުރުމުގެ އިތުރުން ގދ. ފިޔޯރީ އަދި ދ. މާދެލީގައި މުޅިން އަލަށް މަސް ކާރުހާނާ ގާއިމު ކުރަންވަނީ ހަމަޖެހިފައެވެ.

މިނިސްޓަރު ވިދާޅުވީ ދ. މާދެލީގައި ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ 50 ޓަނުގެ މަސް ޕްރޮސެސްކުރާ ފެސިލިޓީއަކާއި 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ކަމަށާއި، އޭގެ އިތުރުން ގދ. ފިޔޯރީގައި 3000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 100 ޓަނުގެ މަސް ބަންދުކުރާ ކާރުޚާނާއެއް ގާއިމުކުރާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ​ފެލިވަރުގައި ޤާއިމުކުރާ މަސް ބަންދުކުރާ ފެކްޓްރީއަށް 50 މިލިއަން ޑޮލަރު ޚަރަދުވާނެކަމަށާއި، މާދެލީގެ ޕްރޮޖެކްޓަށް 75 ނުވަތަ 100 މިލިއަން ޑޮލަރު ހަރަދު ވާނެކަމަށެވެ.

އަދި ފިޔޯރީގެ މަޝްރޫޢަށް 50 ނުވަތަ 75 މިލިއަން ރުފިޔާ ހަރަދު ވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން