މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ފެށިގެން އއ. އަތޮޅަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ރީނދޫ އެލަރޓް ނެރެފިއެވެ.

މެޓް އޮފީހުން ބުނީ، ބޯކޮށް ވާރޭވެހި ބާރަށް ގުގުރާނެ ކަމަށް ލަފާކުރެވޭތީ ކ. އަތޮޅުން ފެށިގެން އއ. އަތޮޅާ ހަމައަށް ރީނދޫ އެލަރޓް ނެރެފައިވާ ކަމަށާއި އެލަރޓް ނެރެފައިވަނީ މިރޭ 9:15 އިން 00:30 އަށް ކަމަށެވެ.

މާލެ ސަރަހައްދަށް އެލަރޓް ނެރެފައިވާއިރު، މިހާރު ވެސް މާލެއަށްދަނީ ވާރޭވެހެމުންނެވެ. އަދި ބައެއް މަގުތަކުގައި ފެންބޮޑުވެފައިވާތީ މީގެ އިރުކޮޅެއްކުރިން އެމްއެންޑީއެފުންވަނީ ފެން ހިންދުމުގެ މަސައްކަތް ވެސް ފަށާފައެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެއްކަމުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން