ހުޅުމީދޫގައި ހިންގި މާރާމާރީއެއްގައި އަނިޔާވި މީހަކަށް ފަރުވާ ދޭން ފަށައިފި އެވެ.

ދެ މީހެއްގެ ދެމެދުގައި ހިނގި އެ މާރާމާރީގައި އަނިޔާވީ 21 އަހަރުގެ ފިރިހެނަކަށެވެ. އަދި އެ މާރާމާރީގައި ބައިވެރިވި 23 އަހަރުގެ މީހާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ މައްސަަލަ ރިޕޯޓްކޮށްފައި ވަނީ ރޭ 08:30 ކަންހާއިރު ކަމަށެވެ.

އަނިޔާވި މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ އިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުދެއެވެ.

ފުލުހުން ބުނީ އެ މައްސަލަ މިހާރު އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން