އަލްބިޔާ މާޓުން ސެންޓުފުޅިއަކާއި ފައިސާ ވަގަށް ނެގި މީހާ ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ ގުލާބީމަގުގައި ހުންނަ އަލްބިޔާ މާޓް ފިހާރައިން ވައްކަން ކޮށްފައިވާ ކަމުގެ މައުލޫމާތު އިއްޔެ ހެނދުނު 5:50ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ގަލޮޅު ރެސްޕޮންސް އެންޑް ޕެޓްރޯލް އާއި ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަން އިން ކުރަމުން ދިޔަ މަސައްކަތުން މައްސަލަ ރިޕޯޓުކުރިތާ ދެ ގަޑިއިރު ތެރޭގައި މިމައްސަލައިގެ ތުހުމަތު ކުރެވޭ މީހާ ހައްޔަރުކުރި ކަމަށް ފުލުހުން ބުނެއެވެ.
އެ މީހާ ހައްޔަރުކުރިއިރު އޭނާ ވަގަށް ނެގި ތަކެތި ކަމަށްވާ ސެންޓުފުޅިއަކާއި ފޯނަކާއި 1205 ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނިގޮތުގައި އެ މައްސަލައިގައި ހައްޔަރުކުރީ 29 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގް ކުރަމުންދާ ކަމަށެވެ.
ނިމިދިޔަ ރޯދަމަހުގެ ތެރޭގައި ވައްކަމުގެ ގިނަ މައްސަލަތަކެއް ފުލުހުންގެ ޚިދުމަތަށް ހުށައަޅާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު