އަހުޒަމް އަޙްމަދު   11 އޭޕްރީލު 2024 - 9:18
މާލޭގެ ގުލާބީ މަގުގައި ހުންނަ އަލްބިޔާ މާޓް ފަޅާލައިފި އެވެ.

އެ ފިހާރަ ފަޅާލައިފައި ވަނީ މިއަދު ފަތިހު 05:54 ގައެވެ.

"ރަސް" އަށް ލިބިފައިވާ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި އެ ފިހާރަ ފަޅާލީ ޒުވާން ފިރިހެނެކެވެ. ބެލެވޭ ގޮތުގައި އޭނާއަކީ ދިވެހި ފިރިހެނެކެވެ. އޭނާގެ އަތުގައި ތަރި ޖަހާފައިވާ ޓެޓޫއެއް ވެސް އިނދެއެވެ. އިސްތަށިގަނޑު ދިގު އެ ޒުވާނާ ހުރީ ހުޅިވެސް ޖަހައިގެން ނެވެ.

އޭނާ އެ ފިހާރަ ފަޅާލީ ހާއްސަ އާލާތެއް ބޭނުންކޮށްގެން ދޮރު ފޭކޮށްގެން ނެވެ.

އަލްބިޔާ މާޓްގެ އިސް ބޭފުޅަކު "ރަސް" އަށް ވިދާޅުވީ ގިނަ އަދަދެއްގެ ޕެޓީ ކޭޝްއާއި، ފޯނެއްގެ އިތުރުން ސެންޓުފުޅިއެއް ވަގަށް ގެންގޮސްފައިވާ ކަމަށެވެ.

މިވައްކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ނުލިބެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން