ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ގިޔާސުއްދީން ސްކޫލްގައި ރޭ ބާއްވަން އުޅުނު ޖަލްސާއާ ގުޅިގެން އެސްއޯ ފުލުހުން އެތަނަށް ފޮނުވި ގޮތާ ގުޅޭ ތަހުގީގު ރިޕޯޓާއި ގުޅިގެން ބައެއް ފިޔަވަަޅުތައް އަޅަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަންގަވައިފިއެވެ.

ކުރީގެ ރައީސް ޔާމީން އިސްވެ އުފައްދަވަން މަސައްކަތް ކުރެއްވި ޕީޕަލްސް ނެޝެނަލް ފްރޮންޓް (ޕީއެންއެފް) އުފައްދަން ރޭ ގިޔާސުންދީން ސްކޫލުގައި ބާއްވަން އުޅުނު ތަނަށް އެސްއޯ ފުލުހުން ފޮނުވި މައްސަލަ ބަލަން ރައީސް މުޢިއްޒު މިއަދު ވަނީ އަންގަވާފައެވެ. ރައީސް ވަނީ އެކަން ހިގައިދިޔަގޮތުގެ ރިޕޯޓެއް މިއަދު އިރުއޮއްސުމުގެ ކުރިން އެމަނިކުފާނަށް ފޮނުވުމަށް ޕޮލިސް ކޮމިޝަނަރަށް އަންގަވާފައެވެ.

ރައީސް މުޢިއްޒުގެ އެންގެވުމާއި އެއްގޮތަށް މިއަދު އިރުއޮއްސި 6 ޖެހިއިރު އެ ރިޕޯޓް އެމަނިކުފާނަށް ވަނީ އަރުވާފައެވެ. ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެސްއޯ ފުލުހުން ޕީއެންއެފް ޖަލްސާއަށް ފޮނުވި މައްސަލަ އާއި ގުޅިގެން 5 ފިޔަވަޅެއް އެޅުއްވުމަށް ރައީސް ޑރ. މުޢިއްޒު އަންގަވާފައިވާ ކަމަށެވެ.

އެ ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މެދުވެރިކޮށް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއުއަށް އަންގަވާފައިވާ ކަމަށް މިނިސްޓްރީ އިން ބުނެއެވެ.

އެގޮތުން އެސްއޯ ފުލުހުން އެންގޭޖްވާންޖެހޭ އޮޕަރޭޝަނަލް ހާލަތްތައް އަލުން ކަނޑައަޅާ އެ ހާލަތްތަކުގައި ވެސް ޑިޕްލޮއި ކުރުމުގެ ކުރީން ކޮމިޝަނަރުގެ ސީދާ ހުއްދައިގެ ދަށުން އެކަން ކުރުމާއި ފުލުހުންގެ އޮޕަރޭޝަނަލް ކޮމާންޑް އެންޑް ކޮންޓްރޯލް އަލުން ރީސްޓްރަކްޗާކޮށް މިހާރު ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ރައީސް އަންގަވާފައިވާ ކަމަަށް ހޯމް މިިނިސްޓްރީ އިން ނެރުނު ބަޔާނުގައިވެއެވެ.

ހޯމް މިނިސްޓްރީގެ ބަޔާނުގައި ބުނިގޮތުގައި ގިޔާސުއްދީން ސުކޫލުގައި އެސްއޯ ފުލުހުން ޑިޕްލޮއި ކުރެވުނު ގޮތް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަހުގީގުކޮށް އެއްވެސް ފަރާތަކުން އިހްމާލުވެފައިވާނަމަ އެ ފަރާތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް ރައީސް މުޢިއްޒު އަންގަވާފައި ވެއެވެ. މީގެ އިތުރުން އޮޕަރޭޝަނަލް ހާލަތްތަކުގައި މީޑިއާތަކަށް މައުލޫމާތު ދިނުމުގައި އަމަލު ކުރަމުންދާ އުސޫލު މުރާޖައާކޮށް މިހާރަަށް ވުރެ ދެފުށްފެންނަ އަދި ތަފްސީލީ ގޮތަކަށް ރައްޔިތުންނަށް މައުލޫމާތު ހާމަ ކުރެވޭނެ ގޮތްތައް ކަނޑައެޅުމާއި ރޭގެ ހާދިސާގައި އެސްއޯ ފުލުހުން ބާރުގެ ބޭނުން ކޮށްފައިވާ ގޮތް، ޔޫސް އޮފް ފޯސް ރިވިއު ކޮމެޓީން ބަލާ އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް ވެސް ރައީސް އަންގަވާފައިވާ ކަމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ސަރުކާރުގެ ވިސްނުމަކީ އޯގާތެރި، ކުލުނުވެރި، ޕްރޮފެޝަނަލް އަދި ޖަވާބުދާރީވަނިވި ފުލުހުންގެ ހިދުމަތެެއް ރައްޔިތުންނަށް ފޯރުކޮށް ދިނުން ކަމަަށް ހޯމް މިިނިސްޓްރީ އިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ޒިހުނީ

14-Apr-2024

އަތަށް ގޮވީ



ޓްރެންޑިން