ރޭގައި ޣިޔާސުއްދީން ސްކޫލްގައި އެސްއޯ ފުލުހުން ޙަރަކާތްތެރިވުމާއި ގުޅިގެން ތަހުގީގީ ރިޕޯޓް މިހާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަރުވާފައިވާ ކަމަށް ރައީސް އޮފީހުން މިރޭ ބުނެފިއެވެ.
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އިސްވެ އުފައްދަވަން މަސައްކަތް ކުރެއްވި ޕީޕަލްސް ނެޝެނަލް ފްރޮންޓް (ޕީއެންއެފް) އުފައްދަން ރޭ ގިޔާސުންދީން ސްކޫލުގައި ބާއްވަން އުޅުނު ޖަލްސާއަށް އެސްއޯ ފުލުހުން ފޮނުވި މައްސަލަ ބަލަން ރައީސް މުޢިއްޒު މިއަދު ވަނީ އަންގަވާފައެވެ. ރައީސް ވަނީ އެކަން ހިގައިދިޔަގޮތުގެ ރިޕޯޓެއް މިއަދު އިރުއޮއްސުމުގެ ކުރިން އެމަނިކުފާނަށް ފޮނުވުމަށް ޕޮލިސް ކޮމިޝަނަރަށް އަންގަވާފައެވެ.
ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް ވިދާޅުވީ ރައީސް އެދިވަޑައިގެންފައިވާ ރިޕޯޓް އެމަނިކުފާނަށް ފޮނުއްވާފައިވާ ކަމަށެވެ. އެ ރިޕޯޓު ދިރާސާ ކުރުމަށްފަހު ރައީސަށް ފެނިވަޑައިގަންނަވާ ފިޔަވަޅެއް އަޅުއްވާނެ ކަމަށް ހަލީލް ވިދާޅުވިއެވެ.
"ރޭގައި ގިޔާސުއްދީން ސްކޫލްގައި އެސްއޯ ފުލުހުން ހަރަކާތްތެރިވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވާ ތަހުގީގު ރިޕޯޓް އެމަނިކުފާނަށް މިހާރު ވަނީ ލިބިވަޑައިގެންފައި. މި ރިޕޯޓް ދިރާސާކުރައްވައި، އަޅުއްވަވަން ފެނިވަޑައިގަންނަވާ ފިޔަވަޅުތައް އަޅުއްވަވަމުން ގެންދަވާނެ،" މީޑިޔާ ތަކަށް ފޮނުވި މެސެޖެއްގައި ހަލީލް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު