ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށް ގެންދިއުމަކީ ރައީސުލްޖުހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރެއް ނޫންކަމަށް، ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ހަމީދު މިހެން ވިދާޅުވީ ޕީއެންއެފް ޖަލްސާއަށް ހުރަސްއެޅި މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެންނެވެ. ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުންގެ އޮޕަރޭޝަންތަކާ ބެހޭގޮތުން އިރުޝާދު ދިނުމަކީ އިންތިޚާބުވެފައިވާ ރައީސްގެ އިމްތިޔާޒުގެ ބޭރުން އޮންނަ ކަމެއް ކަމަށެވެ. ހަމީދު ވިދާޅުވީ، އިންތިޚާބުވެފައިވާ މަގާމުތަކުގައި ތިބި މީހުން ފުލުހުންގެ އޮޕަރޭޝަންތަކަށް ހުރަސްއަޅަން ނުޖެހޭނެ ކަމަށާއި، ފުލުހުންގެ އޮޕަރޭޝަންތަކަކީ މިނިވަންކަމާއެކު ކުރިއަށްގެންދާ އޮޕަރޭޝަންތަކަށް ވާންޖެހޭ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ޕީއެންއެފް އުފެއްދުމަަށް ރޭ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ހޯލްގައި ބާއްވަން އުޅުނު ޖަލްސާއާ ދިމާކޮށް ހިނގި ކަންކަން ކޮންޓްރޯލް ކުރަން އެސްއޯ ފުލުހުން ނުކުމެފައި ވަނީ ސީދާ އެ މަނިކުފާނުގެ އިރުޝާދާ ހިލާފަށް ކަމަށެވެ. އަދި އެކަން ހިނގި ގޮތް ބައްލަވައި އިރުއޮއްސުމުގެ ކުރިން ރިޕޯޓެއް ފޮނުވުމަށް ޕޮލިސް ކޮމިޝަނަރަށް އަންގަވާފައިވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވަނީ މިމައްސަލައިގައި އެމަނިކުފާނުގެ އިންސްޓްރަކްޝަނާ ޚިލާފަށް އަމަލުކުރި ފުލުހުންނާމެދު ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ. އަދި އެސްއޯ ފުލުހުން އޮޕަރޭޝަނަށް ނެރެންވެއްޖެނަމަ އެމަނިކުފާނު އަންގަވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.



"އެސްއޯ ފުލުހުން ފޮނުވަން ޖެހިއްޖެއްޔާ އަޅުގަނޑަށް އެނގޭނެ. މި ގައުމު އެ ހިސާބަށް ދިޔައީމާ އަޅުގަނޑު ދަންނަވާނަމޭ ފޮނުވަން ޖެހިއްޖެއްޔާ. ބައެއްގެ މުދަލަށް ގެއްލުންދީ، ތަނެއްގައި ރޯކޮށް، މީހުންނަށް ޖިސްމާނީ އަނިޔާކޮށް ނޫނިއްޔާ މުގައްދަސް ތަނަކަށް، މިސްކިތަކަށް ގެއްލުން ދިނުން. އެ ހިސާބަށް ނުވެސް ދާނެ އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން