ރޭ ލޯންޗަކާއި ޑިންގީއެއް ޖެހިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން ބުނީ އެކްސިޑެންޓްވީ ހުޅުމާލޭ ކައިރީ، ބަނާނާ ރީފް ކައިރިން "ބްލޫ ސާޖަން" ނަމަކަށް ކިޔާ ލޯންޗަކާއި ޑިންގީއެއް ޖެހިގެން ކަމަށެވެ.
އެ ހާދިސާ ރިޕޯޓްކޮށްފައިވަނީ ރޭ 08:07 ގައި ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެ ހާދިސާގައި ލޯންޗުގައި ތިބި 22 މީހުންނަށް އަނިޔާ ނުވި ނަމަވެސް ޑިންގީގައި ތިބި ދެ މީހުންނަށް އަނިޔާވި ކަމަށެވެ. އެއީ ބިދޭސީއަކާއި ދިވެއްސެއް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު