ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އިސްވެ އުފައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ޕީޕަލްސް ނެޝެނަލް ފްރޮންޓް (ޕީއެންއެފް) އުފައްދަން ރޭ ގިޔާސުންދީން ސްކޫލުގައި ބާއްވަން އުޅުނު ޖަލްސާއަށް އެސްއޯ ފުލުހުން ފޮނުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާ ހިލާފަށް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ރޭ އެންމެ ފުރަތަމަ އެ ޖަލްސާ ބާއްވަން ތާވަލުކޮށްފައި އޮތީ ގިޔާސުއްދީން ސްކޫލުގަ އެވެ.

ނަމަވެސް އެ ޖަލްސާ ޣެ ސްކޫލުގައި ބޭއްވުމުގެ ހުއްދަ ގިޔާސުއްދީނުން ބާތިލުކުރި ކަމަށް ބުނެ ފުލުހުން އެ ޖަލްސާ އެ ސްކޫލުގައި ބޭއްވިޔަކަ ރޭ ނުދިނެވެ. ޖަލްސާ ބާއްވަން ތައްޔާރުވަމުން ދަނިކޮށް އެ ސުކޫލަށް މީހުންނަށް ނުވަދެވޭގޮތަށް ގޭޓް އެސްއޯ ފުލުހުން ބަންދުވެސް ކުރި އެވެ.

އެެހެންވެ ފަހުން އެ ޖަލްސާ ބޭއްވީ ރާޅުގަނޑު ސަރަހައްދުގަ އެވެ.

މިއަދު އީދު ސަލާމް ކުރެއްވުމަށް ފަހު ރޭ ކަންކަން ހިނގައިދިޔަ ގޮތާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މުދަލަށް ގެއްލުން ދިނުން ފަދަ ހާލަތެއް ދިމާވެ އެ ނޫން ގޮތެއް ނެތިގެން ނޫނީ އެސްއޯ ފުލުހުން ނުފޮނުވަން އެމަނިކުފާނު ކުރިން ވެސް އޮންނާނީ އަންގަވާފައި ކަމަށެވެ.

އެހެންވެ ރޭ ކަން ހިނގައި ދިޔައީ އެމަނިކުފާނު ދެއްވާފައިވާ އިރުޝާދާ މުޅިން ހިލާފަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންވެ އެކަން ހިނގައި ދިޔަ ގޮތް ބަލައި ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހިޔާލުފާޅުކުމުގެ ކަންކަމާ ގުޅިގެން އެސްއޯ ފުލުހުން ކުރިން ގޮސް ރައްޔިތުންނަށް އަނިޔާކޮށް އަދި ހައްޔަރުކުރުމުގެ ކަންކަން ހިނގާފައިވާ ކަމަށާއި ނަމަވެސް އެއީ އެކަން ހިނގަންވާނެ ގޮތެއް ނޫން ކަމަށެވެ.

އަދި ރޭ ކަން ހިނގި ގޮތް އެނގިވަޑައިގަތީ ނޫހުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން