ސައިކަލަކާއި އެމްބިއުލާންސެއް ޖެހި ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓްކޮށްފައި ވަނީ ރޭ ދަންވަރު 03:20 ކަންހާއިރު ކަމަށެވެ.

ހުޅުމާލެ ފޭސް ދޭއްގައި ހިތިގަސް މަގު، ފިތުރޯނު މާ ހިންގުން ގުޅޭ ކަންމަތިން ހިނގި އެ އެކްސިޑެންޓްގައި ސައިކަލު ދުއްވި މީހާ އެމްބިއުލެންސްގައި ޖެހި ވަނީ ވެއްޓިފަ އެވެ.

ފުލުހުން ބުނީ ސީންއަށް ދިޔައިރު އޭނާގެ ހެއެއް ނެތް ކަމަށެވެ. އޭނާއަށް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ބުނެެއެވެ.

އެ ހާދިސާ ހިނގީ ސައިކަލު އޯވާ ޓޭކް ކުރަން އުޅުމުގެ ތެރޭގައި ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ ހާދިސާ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން