ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ ސިޔާސީ ވިސްނުމެއްގައި ނޫންކަމުގެ ޔަގީންކަން ހޯއްދަވާފައިވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، އާރްޑީސީގެ ހިޔާނާތުގެ މައްސަލާގައި ފައްޔާޒު ފުލުހުންގެ އިދާރާއަށް ހާޒިރުކުރާކަން އެނގުމުން ސީދާ މިނިސްޓަރު ޢަލީ އިހުސާންއަށް ގުޅުއްވާ، އެކަމުގައި އެއްވެސް ސިޔާސީ ވިސްނުމެއް ނެތްކަމުގެ 100 ޕަސެންޓް ޔަގީންކަން ބޭނުންވާކަމަށް ދެންނެވިކަމަށެވެ.

އަދި އެކަމުގައި ސިޔާސީ ކަމެއް ނޫޅޭނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވާފައިވާކަމަށާއި އަދި އެއްވެސް ސިޔާސީ އިންޓެންޝަނެއް ނެތި އެ އޮންނަ ޓެކްނިކަލް ގޮތުން އެކަމެއް ބަލަން ޖެހޭ ގޮތަކަށް ޕްރޮފެޝަނަލީ ގެންދަން މިނިސްޓަރަށް އަންގަވާފައިވާނޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން އެކަން އެގޮތަށް ދާކަން ގާނޫނީ ހަމަތަކުގެމަތިން މިނިސްޓަރު ޔަގީންކުރެއްވުމަށް ވެސް ދަންނަވާފައިވާނޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޕްރޮފެޝަނަލްކޮށް އެކަން ކުރަމުންދާކަން ޔަގީންކުރައްވަމުން ގެންދަވާނެ ކަމަށާއި ސިޔާސީ ވިސްނުމެއްގައި މީހަކު ހައްޔަރުކޮށް، ސުވާލު ވެސް ނުކުރާނެ ކަމަށެވެ. ނަމަވެސް މައްސަލައެއް ހުށަހެޅިއްޖެއްޔާ އެ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ކެމްޕޭންގައި ވެސް ބަދަލު ހިފުމުގެ ރޫހު ނިމުމަކަށް އަންނަން ޖެހޭ ކަމަށް ދަންނަވާފައިވާނެ ކަމަށާއި ސިޔާސީ ބޭފުޅަކަށްވީތީ އެމީހުންނަށް ފިޔަވަޅު އަޅައިގެން ނުވާނެ ކަމަށް ވެސް ދަންނަވާފައިވާނެ ކަމަށެވެ. އަދި އެގޮތަށް ސިޔާސީ މަގާމެއްގައި ހުރި ބޭފުޅެއް ނުވަތަ ސިޔާސީ ބޭފުޅަކަށްވީތީ އުނދަގޫތަކެއް ކުރިމަތި ނުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު، ފުލުހަށް ހާޒިރު ކުރުމުން ފައްޔާޒުވަނީ އޭނާ ފުލުހަށް ހާޒިރުކުރީ ސިޔާސީ ބޭނުމެއްގައި ބިރުދެއްކުމަށްކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ފައުޖީ

01-Apr-2024

ދެން ފައްޔަޒަކީ ކާކުކަނ ް ރައއްޔިތުން ނަށް ވެސް އެނގޭ. ވެރިކަމުން ފައިބާއިރު މިބޭފުޅާ އާއި ސުވާލު ކޮށްނުލާ ފުއްދާ ލެވޭނެބާ!!!



ޓްރެންޑިން