ދޮގު ހަބަރު ފަތުރާ ވެބްސައިޓްތަކަށް ފިޔަވަޅު އަޅާނީ ކަމާބެހޭ މުއައްސަސާތަކުން ކަމަށާއި ސަރުކާރުން އެކަން ކުރަން ބޭނުން ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، ގާނޫނު އަސާސީގައި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ފުރިހަމައަށް ދީފައިވާ ކަމަށެވެ. އަދި ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް އެމަނިކުފާނު އެއްވެސް ހުރަހެއް ނާޅުއްވާނެ ކަމަށެވެ.
ހިޔާލު ފާޅު ކުރުމަކީ ރައީސް ވަރަށް ތަރުހީބުވެސް ދެއްވާ ކަމެއްކަން ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ، ކަނޑައެޅިގެން ދޮގު ވާހަކަ ފެތުރުމަކީ އެއްވެސް މުޖުތަމައެއްގައި ނުވަތަ އެއްވެސް ގައުމެއްގައި މަސްލަހަތަށް ރަނގަޅު ގޮތެއް ނޫންކަމަށެވެ.
"އަޅުގަނޑުވެސް ގަބޫލު ކުރަން، ކަނޑައެޅިގެން ދޮގު ވާހަކަ ހަދާ، މުޅިން ފެބްރިގޭޓް ކޮށްގެން ވާހަކަތައް އެގޮތަށް ފެތުރުމަކީ އެއްވެސް މީހަކަށް އޮތް ހައްގެއް ނޫން." ރައީސް ވިދާޅުވިއެވެ.
ނަމަވެސް އެކަން ހުއްޓުވަން ބޭނުންވަނީ ކަމާ ބެހޭ މުއައްސަސާތަކުން އިސްނަގައިގެން ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަށްޓަކައި ކަމާބެހޭ އެކި ކަހަލަ ކޮމިޝަންތަކާއި މުއައްސަސާތައް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން ޒިންމާދާރު ކަމާއެކު އެ މަސައްކަތް ކުރިއަށް ގެންދަން ވާނީ އެ މުއައްސަސާތަކުން ކަމަށް ގަބޫލު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ސަރުކާރުން އޭގެ ތެރެއަށް ވަދެ އެކަން ހުއްޓުވަން އުޅުމަށްވުރެ، އަޅުގަނޑު ގަބޫލު ކުރަނީ، ސިސްޓަމް ފޮލޯ ކުރުމަށް މުހިންމޭ. އަޅުގަނޑު ވަރަށް އުންމީދު ކުރަން ކަމާބެހޭ މުއައްސަސާއިން އެކަމުގެ ޖަވާބު އަޅުގަނޑުމެންނަށް، ރައްޔިތުންނަށް ދެއްވާނެ ކަމަށް. އަދި އަޅުގަނޑުވެސް އެ ޖަވާބު ބޭނުން އަޑުއަހާލަން. ކީއްވެތޯ އެކަންކަން ނުހުއްޓުވިގެން މިއުޅެނީ." ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު