ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ތައިލެންޑާއި ޔޫއޭއީއިން ވެސް މި އަހަރު އާސަންދަ ލިބެން ފަށާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ރޭ ވިދާޅުވީ، އެ ދެގައުމުން އާސަންދަ ދިނުމުގެ ހިދުމަތް ފެށުމަށް އިދާރީ ގޮތުން ކުރަން ހުރި މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށެވެ. އެހެންކަމުން މި އަހަރުތެރޭގައި އެ ހިދުމަތް ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ވަރަށް ބޮޑަށް އެކަމަށް ޓާގެޓް ކުރެވިގެން ދަނީ. އެހެންވީމަ ވަރަށް އުންމީދު ކުރަން މި އަހަރު ފެށޭނެ ކަމަށް." ރައީސް ވިދާޅުވިއެވެ.

އާސަންދަ ސްކީމްގެ ދަށުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ބަލިމީހުން މިވަގުތު ފޮނުވަމުންދަނީ ހަމައެކަނި އިންޑިއާށާއި ސްރީލަންކާއަށް ކަމުގައިވީ ނަމަވެސް، ކުރިއަށް އޮތްތަނުގައި ތައިލެންޑް އަދި ޔޫއޭއީ އަށްވެސް ސްކީމްގެ ދަށުން ބަލިމީހުން ފޮނުވަން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

އެހެންކަމުން އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް، ކަމާ ގުޅުންހުރި އިދާރާތަކާއިއެކު ކުރެވެމުންދާ ކަމަށް އާސަންދައިގެން މީގެ ކުރިން ބުނެފައިވެއެވެ.

ދިވެހި ރައްޔިތުންގެ ހެލްތު އިންޝުއަރެންސް ސްކީމް، އާސަންދައިގެ ޚިދުމަށް ޔޫއޭއީއާއި ތައިލެންޑް ފަދަ ގައުމުތަކަށް ފުޅާ ކުރެއްވުމަށް ނިންމާފައިވާކަން ރައީސް ޑރ މުހައްމަދު މުއިއްޒު އިޢުލާން ކުރެއްވީ ޖެނުއަރީ މަހުގެ ތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން