ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ކޮމިޓީ -- ފޮޓޯ/ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ކޮމިޓީ -- ފޮޓޯ/ މަޖިލިސް
ޕާޓީ ބަދަލު ކުރުމުން އިންތިޚާބީ މަޤާމުތައް ގެއްލޭ "އެންޓި-ޑިފެކްޝަން ބިލު" ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ކޮމިޓީން ފާސްކޮށްފިއެވެ.

މި ބިލު މަޖިލީހަށް ހުށަހަޅާފައި ވަނީ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲއެވެ. އެ ބިލު ދިރާސާ ކުރުމަށް ވަގުތީ ކޮމިޓީއަށް ފޮނުވީ މިދިޔަ ބުދަ ދުވަހުއެވެ. ހަތް މެމްބަރުން ހިމެނޭ އެ ކޮމިޓީން ބިލު ފާސްކޮށްފައި ވަނީ، ޕާޓީ ބަދަލު ކުރުމުން ނުވަތަ ޕާޓީއިން ވަކިވުމުން މަޖިލިސް މެމްބަރު ކަމުން ވަކިވުން އިހުތިޔާރީ ކަމަކަށް ހަދާ ގޮތަށް ބިލަށް ބަދަލު ގެނައުމަށް ފަހުގައެވެ.

ބިލު ފާސްކުރީ، ކޮމިޓީއަށް ހާޒިރުވެތިބި މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީން ވަނީ ބިލަށް ތިން އިސްލާހެއް ގެނެސްފައެވެ. އެގޮތުން، ރިކޯލް ވޯޓާ ގުޅޭ ބާބު އުނިކޮށް، އަރިމަތީ ސުރުހީގައިވާ 'މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތު' ގެ ބަދަލުގައި 'މެމްބަރު ކަމުން އިސްތިއުފާ ދޭންޖެހޭ ހާލަތު'އަށް ބަދަލު ކޮށް، މެމްބަރު ޕާޓީން ވަކި ކުރާ ނަމަ އަމަލު ކުރަންވީ ގޮތް ވަނީ ބަދަލު ކޮށްފައެވެ.

އެމްޑީޕީން މިފަދަ ބިލެއް މަޖިލީހަށް ހުށައަޅާފައިވާއިރު 18 ވަނަ މަޖިލީހުން ފާސްކޮށް ޢަމަލު ކުރަމުން ދިޔަ އެންޓި ޑިފެކްޝަން ޤާނޫނު 19 ވަނަ މަޖިލީހުން ވަނީ އުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން