ރާއްޖޭގެ 17 ރަށެއްގައި ހުންނަ ހެލްތު ސެންޓަރުގެ ލެބޯޓަރީއަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭން ޗައިނާ ސަރުކާރުން ރާއްޖެއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ސޮއިކުރެއްވި އިރު ޗައިނާގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލީޖިން އެވެ.

ޖުމުލަ 72 ރަށަކަށް ޗައިނާ ސަރުކާރުގެ އެހީގައި ލެބޯރެޓަރީ އިކުއިޕްމަންޓު ފަސް އަހަރުގެ މުއްދަތައް ބަހާލައިގެން ހޯދުމަށް ހަމަޖެހިފައިވާއިރު، މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ރާއްޖޭގެ 17 ޞިއްޙީ މަރުކަޒަކަށް ބޭނުންވާ ލެބޯރެޓަރީ އިކުއިޕްމަންޓު ލިބިގެންދާނެއެވެ.

ސަތާރަ ރަަށަކަށް ލެބޯޓަރީ އިކުއަޕްމަންޓްތައް ފޯރުކޮށްދޭއިރު އެ ރަށްތަކުގައި ލެބޯރެޓަރީ ޚިދުމަތް ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. އަދި އެ ސިއްޙީ މަރުކަޒުތަކުގައި ދެމުން ގެންދާ ޞިއްޙީ ޚިދުމަތް ހަރުދަނާވެ، ފަސޭހަކަމާއެކު ލެބޯރެޓަރީ ޓެސްޓުތައް ހެދި ފަރުވާ އަވަސްވެގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ސަތާރަ ރަަށެއްގެ ސިއްހީ މަރުކަޒުގެ ލެބޯޓަރީއަށް އިކުއުޕްމަންޓް ހަދިޔާކުރަން ޗައިނާއިން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން