މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މިހާރު ހިއްކަމުންދާ ގުޅީފަޅު ހިއްކަން ފެށުމާއި މި ސަރުކާރާއި އެއްވެސް ގުޅުމެއް ނެތްކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެއެެވެ.

އަންނަ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ތެރެއިން ރާޅުގަނޑު ސަރަހައްދުގައި ރޭ ބޭއްވި "ހެންވޭރު ތަރާވީސް" ގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވީ ބޭރު ގައުމަކުން ލޯނެއް ނަގައިގެން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ގުޅީފަޅު ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ އެމަނިކުފާނުގެ ސަރުކާރުން ކަމަށެވެ. ގުޅީފަޅު ހިއްކުމުގެ ޝެޑިއުލާއި އެއްގޮތަށް އެމަސައްކަތް މިހާރުވެސް ހިނގަމުންދާ ކަމަށާއި އެ ޕްލޭނާއި އެއްގޮތަށް އެމަސައްކަތް ކުރިއަށްދާނަމަ އަންނަ ޖޫން މަހުގެ ނިޔަލަށް އެތަން ހިއްކާ ނިމޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެެވެ.

އެމަނިކުފާނު ވިދާޅުވީ ގުޅީފަޅު ހިއްކުމަކީ މިސަރުކާރާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫންކަމަށެވެ. އަދި ގުޅީފަޅު ހިއްކުމުގެ މަސައްކަތް ފެށީ މި ސަރުކާރުން ކަމަށް މިއަދު ބުނި ނަމަވެސް އެކަން ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށް ސޯލިހް ވިދާޅުވިއެވެ.

"ތެދެެއް ރައީސް މުޢިއްޒު ވިދާޅުވެފައި އެބައޮތް އެތަނުން އަދި އިތުރަށް ހިއްކާނަމޭ، ވަރަށް ރަނގަޅު ކަމެއް އެކަން ކުރިއަށް ގެންދަންވީ ފައިސާ ހޯދައިގެން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި އިތުރަށް ގުޅީފަޅު ހިއްކަންވީ. އެހެން ނަމަވެސް ދޮގު ހަދައިގެން އޮޅުވާލައިގެން މިހާރު އެ ކުރަމުންދާ މަސަައްކަތަކީ ތިމަންނަ ވެރިކަމަށް އައިސްފައި ފެށި މަސައްކަތެކޭ ބުނީމަ އެކަން ގަބޫލެއް ނުކުރާނެ އެއީ އޮޅުވާލުން." ރައީސް ސޯލިހް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން