1445 ވަނަ އަހަރު ރޯދަމަހާއި ދިމާކޮށް ރަސް އޮންލައިން އިން ކުރިއަށްދާ ހާއްސަ ރޯދަ ވީއްލުން ޕްރޮމޯޝަނަކީ ދިވެހީންނަށް ކަމުދާނެ ފަދަ ރެސްޓޯރެންޓް ތަކުން ރޯދަ ހަދިޔާއެއްގެ ގޮތުގައި ރޯދަ ވީއްލުމެއް ދިނުމުގެ ގޮތުން ކުރިއަށްދާ ޕްރޮމޯޝަނެކެވެ. ރޯދަމަސް ނިމެންދެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮމޯޝަނުގައި މާލެ، ހުޅުމާލެ، ކ. މާފުށި އަދި އައްޑޫ ސިޓީގެ ރެސްޓޯރެންޓް ތަކުން ރޯދަ ވީއްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ރަސް ރޯދަވީއްލުން ޕްރޮމޯޝަނުގައި ބައިވެރިވެލުމަށް:

ރަސް ރޯދަވީއްލުން ޕްރޮމޯޝަނުގައި ބައިވެރިވެލުމަށް މިލިޔުން ހިއްސާކޮށްފައިވާ ރަސްގެ ފޭސްބުކް ޕޯސްޓަށް ލައިކްކޮށް ޝެއަރ ކުރުމަށްފަހު ކޮމެންޓް ކޮށްލަންވީއެވެ. ކޮމެންޓު ކުރާނީ އެހަފްތާގައި ރޯދަ ވީއްލުން ހަމަޖެހިފައިވާ ރެސްޓޯރަންޓް ތަކުގެ ތެރެއިން އެމީހަކު ރޯދަ ވީއްލަން ބޭނުންވާ ރެސްޓޯރެންޓެއްގެ ނަމެވެ. އެއަށް ފަހު އެ ކޮމެންޓަށް ލައިކް ހޯދާށެވެ.

މި ޕްރޮމޯޝަނުގެ ނަސީބުވެރިއަކަށް ވާނީ އެންމެ ގިނައިން ލައިކް ލިބޭ ކޮމެންޓް ކޮށްފައިވާ ފަރާތެވެ. އަދި އެމީހަކު ކޮމެންޓުގައި ފާހަގަކޮށްފައިވާ ރެސްޓޯރެންޓުން ރޯދަ ވީއްލުން ހަމަޖެހިގެން ދާނެއެވެ.

މި ޕްރޮމޯޝަނުން ރޯދަ ވީއްލުން ލިބޭނެ ފަސް ރެސްޓޯރެންޓުން ރޯދަ ވީއްލުމަށް 5 ނަސީބުވެރިޔަކު ހޮވޭނެއެވެ. އަދި ކޮންމެ ނަސީބުވެރިޔަކަށް، ޖުމްލަ 4 ފަރާތަކަށް ރޯދަ ވީއްލުން ހަމަޖެހިގެންދާނެއެވެ.

ރަސް ރޯދަވީއްލުން 2 ވަނަ ހަފްތާ:

ރަސް ރޯދަވީއްލުން ޕްރޮމޯޝަނުގެ ތިންވަނަ ހަފްތާގައި ރޯދަ ވީއްލުން ހާއްސަކުރެވިފައިވަނީ ޕޮމެލޯ ބައި ލެމަންގްރާސް، ސުވަދީވް ކެފޭ، ޔެލޯފިން ޑައިން އިން، ނައިސް އެންޑް ސްޕައިސް، ސައުތު ޕާލްމް ރިސޯޓް އިންނެވެ.

މިހަފްތާގެ ޕްރޮމޯޝަން ކުރިއަށްދާނީ 2 އޭޕްރީލް ވާ އަންގާރަ ދުވަހުގެ 18:00 ގެ ނިޔަލަށެވެ.

ޕޮމެލޯ ބައި ލެމަންގްރާސް:

ލެމަންގްރާސްގެ އެންމެ ބޮޑު އެއް ރެސްޓޯރެންޓް ކަމަށްވާ ޕޮމެލޯ ބައި ލެމަންގްރާސް ގާއިމުކޮށްފައި ހުންނަނީ ރަސްފަންނު ޕެވިލިއަން ގައެވެ. ޖާގަ ބޮޑު ތިން ބުރީގެ މި ރެސްޓޯރެންޓުގެ އެކި ފްލޯ ތައް ހާއްސަ ކުރެވިފައިވަނީ އެކި ކަހަލަ ކަންކަމަށެވެ. އެގޮތުން ފުރަތަމަ ފްލޯ ހާއްސަ ކޮށްފައި ވަނީ ޕޭސްޓްރީ އާއި ލުއި ކާނާގެ ބާވަތްތަކަށެވެ. އޯޑަރު ދީގެން ކެއުމަށް ދެ ވަނަ ފްލޯ ހާއްސަ ކުރާއިރު ތިން ވަނަ ފްލޯ އިން ކޮފީ އާއި ބުފޭގެ ހިދުމަތް ލިބޭނެއެވެ. އަދި ރެސްޓޯރެންޓުގައި ކުދި އިވެންޓްތައް ބޭއްވުމަށް ބޭނުންވެލައްވާނަމަ އެކަންވެސް ހަމަޖެހިގެންދާނެއެވެ. ޒަމާނީ ކެއުންތަކުގެ އިތުރުން އާންމުކޮށް ދިވެހިންގެ މެދުގައި އެންމެ މަގްބޫލު ކެއުންތަކަށް އިންސާފުކޮށްލަންވެސް ޕޮމެލޯ ބައި ލެމަންގްރާސް ވަރެއް ނެތެވެ. އެގޮތުން ޕޮމެލޯ ބައި ލެމަންގްރާސްގެ މިފަހަރުގެ ރޯދަ ވީއްލުމުގެ މެނޫގައިވެސް ފާހަގަކޮށްލެވޭ ރަހަތަކެއް ހިމަނާފައިވާކަން ފާހަގަކޮށްލެވެއެވެ. ޕޮމެލޯ އިން ރޯދަ ވީއްލުމަކަށް އިންސާފުކޮށްލަން އެދޭނަމަ ޕޮމެލޯ ގެ ފޯނު ނަންބަރު 7433000 ނުވަތަ 7873030 އާއި ގުޅައި ބޫކިންގ ހަދާލެވޭނެއެވެ.



ސުވަދީވް ކެފޭ:

ދިވެހިރާއްޖޭގެ ދެކުނުން އޮންނަ އައްޑޫ ސިޓީގައި ހާއްސަ އެތައް ކަމެއް ފާހަގަކުރެވޭ އިރު، އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ ސުވަދައިވް ކެފޭ އަކީވެސް ފާހަގަކޮށްލެވޭ، ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ތަނެކެވެ. ސުވަދައިވް މިނަމަކީ އައްޑޫގެ ތާރީޚާވެސް ގުޅިލާމެހިފައިވާ ނަމެކެވެ. އެގޮތުން، އައްޑޫ އަށް ޒިޔާރަތް ކުރާ ދިވެއްސަކުވެސް، އަދި ބިދޭސީއަކުވެސް ސުވަދައިވް ކެފޭ ގެ އަޖުމަ ބަލައި ނުލާ އައްޑޫއިން ފޭބުމަކީ ނާދިރު ކަމެއްކަމަށް ފާހަގަކޮށްލެވެއެވެ. ރަށްފުށުގެ ހިތްގައިމު ކަމާއި، ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ މި ކެފޭ އިން ރަށްފުށުގެ ހިތްގައިމު ކަމާއެކު ކެއުމަކަށް އިންސާފުކޮށްލަން ލިބުމަކީ ލިބޭނެ ހިތްހަމަޖެހުމެކެވެ. ބައިނަލްއަގުވާމީ ގޮތުންވެސް ފާހަގަކޮށްލެވޭ އެކި ރަހަތަކާއި، ދިވެހިންނަށް އެންމެ ކަމުދާނެ ރަހަތަކުން ރައްޓެހިންނާއި، އާއިލާ އާއެކު ކެއުމެއް އިންސާފު ކުރާނަމަ ސުވަދައިވް ވަރެއް ނެތެވެ. ސުވަދައިވް ކެފޭ އިން ރޯދަ ވީއްލުމަކަށް އިންސާފުކޮށްލަން އެދޭނަމަ ސުވަދައިވް ގެ ފޯނު ނަންބަރު 6881000 ނުވަތަ 7930092 އާއި ގުޅައި ބޫކިންގ ހަދާލެވޭނެއެވެ.





ޔެލޯފިން ޑައިން އިން:

ޔެލޯފިން ޑައިން އިން އަކީ ހުޅުމާލޭގައި ފާހަގަކޮށްލެވޭ ރެސްޓޯރަންޓްތަކުގެ ތެރެއިން އެފަދަ ދެވަނައެއް ނެތް، ހިތްގައިމު ތަނެކެވެ. ފްރެޝް ސީ ފުޑް އަށް ހާއްސަ މިރެސްޓޯރެންޓަކީ ހުރިހާ އުމުރުފުރާއެއްގެ މެދުގައި މިހާރު ފާހަގަކޮށްލެވޭ ރެސްޓޯރަންޓެކެވެ. ޒުވާނުންނާއި އުމުރުން ދުވަސްވީމީހުންނާއި ކުޑަކުދީންނާއެކުވެސް ތަނުގެ ތަފާތު ރަހަތަށް އަޖުމަބަލާލުން މީ ކޮންމެހެންވެސް ކޮށްލަންޖެހޭކަމެކެވެ. ހުޅަނގުގެ ރަހަތަކުގެ އިތުރުން ދިވެހިންގެ ރަހަތަކާ ރައްޓެހި އެތައް ވައްތަރެއްގެ ކެއިން ބުއިމުން ފުރިފައިވާ ޔެލޯފިން ޑައިން އިންގެ ރޯދަ ވީއްލުމުގެ މެނޫ އިން ރޯދަ ވީއްލުމަކަށް އިންސާފުކޮށްލަން އެދޭނަމަ ޔެލޯފިން ޑައިން އިންގެ ފޯނު ނަންބަރު 9780828 އާއި ގުޅައި ބޫކިންގ ހަދާލެވޭނެއެވެ. ރޯދަ ވީއްލުމަކަށް އިންސާފުކޮށްލަން ހައްދާ ބޫކިންގ ތަކުގެ ތެރެއިން 6 އަހަރާއި 10 އަހަރާއި ދެމެދުގެ ކުޑަކުދިންނަށް 50 އިންސައްތައިގެ ޑިސްކައުންޓެއްވެސް ލިބިގެންދާނެއެވެ.



ނައިސް އެންޑް ސްޕައިސް:

އިންޑިއާގެ ތަފާތު ކެއުންތަކަށް ހާއްސަކޮށް މާލޭގައި ގާއިމުކޮށްފައިވާ ނައިސް އެންޑް ސްޕައިސް ރެސްޓޯރެންޓަކީ ދިވެހިންގެ މެދުގައި އާ ނަމަކަށް ނުވާނެކަން ޔަގީނެވެ. ނައިސް އެންޑް ސްޕައިސް ރެސްޓޯރެންޓް ގާއިމުކޮށްފައި ހުންނަނީ ފޫޑް ކޯޓުގައެވެ. އާއިލާ އާއި ރައްޓެހިންނާއެކު ހެނދުނުގެ ސައިން ފެށިގެން މެންދުރުގެ ކެއުމާއި، ހަވީރުގެ ސަޔާއި، އަދި ރޭގަނޑުގެ ކެއުމަކަށް އިންސާފުކޮށްލަންވެސް ނައިސް އެންޑް ސްޕައިސް އަކީ ފައްކާ ތަނެއް ކަން ޔަގީނެވެ. ނައިސް އެންޑް ސްޕައިސް ގެ ހާއްސަ ރޯދަ ވީއްލުމަކަށް އިންސާފުކޮށްލަން އެދޭނަމަ ނައިސް އެންޑް ސްޕައިސް ގެ ފޯނު ނަންބަރު 7577350 އާއި ގުޅައި ބޫކިންގ ހަދާލެވޭނެއެވެ.



ސައުތު ޕާލްމް ރިސޯޓް:

ސައުތު ޕާލްމް ރިސޯޓަކީ ދިވެހިރާއްޖޭގެ ކުދި ޖަޒީރާ ރައްތަކުގެ ތެރެއިން އެންމެ ދެކުނަށް އޮންނަ އައްޑޫ ސިޓީ ކައިރީ އޮންނަ ރިސޯޓެކެވެ. މި ރިސޯޓަކީ އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓާއި 10 މިނެޓް ސްޕީޑް ބޯޓު ދަތުރެއްގެ ދުރުމިނުގައި އޮންނަ ރިސޯޓެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފަތުރުވެރިންގެ މެދުގައި މަގުބޫލު މިމަންޒިލުގެ ހިތްގައިމުކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިވެހިންނަށްވެސް އެބައޮތެވެ. އެގޮތުން އޮފް ސީޒަން ނުވަތަ ލޯސީޒަން ތަކުގައި މިފުރުސަތު ދިވެހިންނަށް ލިބިގެންދާނެކަމަށް ސައުތު ޕާލްމް ރިސޯޓުން ބުނެއެވެ. ސައުތު ޕާލްމް ރިސޯޓް މި ވެގެންދަނީ ރަސް އޮންލައިން އިން ކުރިއަށް ގެންދާ ހާއްސަ ރޯދަ ވީއްލުން ޕްރޮމޯޝަނުގައި ބައިވެރިވާ އެންމެ ފުރަތަމަ ރިސޯޓް ކަމުގައިކަން ފާހަކޮށްލަމެވެ.



1445 ވަނަ އަހަރު ރޯދަމަހާއި ދިމާކޮށް ރަސް އޮންލައިން އިން ކުރިއަށްދާ ހާއްސަ ރޯދަ ވީއްލުން ޕްރޮމޯޝަނުގައި ޖުމްލަ 25 ރެސްޓޯރެންޓަކުން 100 މީހުންނަށް ރޯދަ ވީއްލުން ހަމަޖެހިގެން ދާނެއެވެ. މިއީ ރޯދަ މަހަކާއި ގުޅުވައިގެން ރޯދަވީއްލުމުގެ ޕްރޮމޯޝަނެއް މިހާ ބޮޑުކޮށް ރާއްޖޭގައި ކުރިއަށް ގެންދާ ފަހަރުކަން ފާހަގަކޮށްލަން ޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން