ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް
ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް
އެކަށީގެންވާ ފިޔަވަޅު ނާޅައިފިނަމަ އާސަންދައަށް ކުރާ ހޭދަ އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު އައިޝަތު ޝިހާމް ވިދާޅުވީ އާސަންދަ ސްކީމް މިހާރު އޮތްގޮތުން އިންތިހާއަށް އިސްރާފުވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު އާސަންދައަށް ބަޖެޓުކުރީ 1 ބިލިއަން ރުފިޔާ ކަމަށާއި ނަމަވެސް އަހަރު ނިމުނުއިރު 2.3 ބިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އާސަންދަ ނިޒާމު އިސްރާފުކުޑަ މޮޑެލަކަށް ބަދަލުކުރުމަށް ދިރާސާކުރަމުން އަންނަ ކަމަށެވެ. އަދި، އެކަމުގައި ނިންމާ ގޮތެއް ވަރަށް އަވަހަށް ރައްޔިތުންނަށް ހާމަކުރަށްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އޭގެ އިތުރުން އަވަސް ފިޔަވަޅުތައް ނާޅައިފިނަމަ އާސަންދައަށް ކުރާ ހޭދަ 3.4 މިލިއަން ރުފިޔާއަށް އެރުމުގެ ފުރުސަތު ބޮޑުކަމަށް މާލީ ވުޒާރާއިން ހާމަކޮށްފައިވާ ކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު މި އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ވެސް އާސަންދައަށް 1.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން