އަންނަ މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް އިންތިހާބު ބާއްވާތީ، މި ރޯދަ މަހުގެ ފަހު 10 ދުވަހަކީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރަސްމީ ދުވަސްތައް ކަމަށް އެ ކޮމިޝަނުން ކަނޑައަޅައިފިއެވެ.
ރަމަޟާން މަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ކަނޑައަޅުއްވާފައެވެ. ނަމަވެސް ރޯދަމަސް ނިމޭތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަޖިލިސް އިންތިހާބު އޮންނާނެއެވެ.
އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް، ހަސަން ޒަކަރިއްޔާ "ރަސް" އަށް ވިދާޅުވީ، އިންތިހާބެއް ބޯމަތި ވެފައި ވަނިކޮށް އީސީ ބަންދު ނުކުރާނެ ކަމަށެވެ. އަދި މީގެ ކުރިންވެސް އެގޮތަށް ދިމާވުމުން ހުކުރެއް އީދެއް ބެލުމެއް ނެތި އީސީގެ މުވައްޒަފުން މަސައްކަތަށް ނުކުމެފައި ވާނެ ކަމަށް އޭނާ ވިިދާޅުވިއެވެ.
އީސީން ބުނެފައިި ވަނީ، ރޯދަ މަހުގެ ފަހު 10 ދުވަހަކީ އީސީގެ ރަސްމީ ދުވަސްތަކެއް ކަމަށް ކަނޑައެޅީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މުހިންމު ބައެއް މަސައްކަތްތައް ރޯދަ މަހުގެ ފަހު 10 ދުވަހާއި އީދު ބަންދާ ދިމާވާތީ ކަމަށެވެ.
އަދި އިންތިހާބުގެ ކަންކަން ނިމުމުން، އީސީގެ މުވައްޒަފުންނަށް ނުލިބުނު ބަންދު ދުވަސްތައް ދޭން ނިންމާފައިވާ ކަމަށް އެ ކޮމިޝަނނުގެ 821 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް އީސީން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު