މާލެއަށް ނިސްބަތްވާ ދިވެހި ޒުވާން ފިރިހެނަކު ވީ ނުވީ އެއް ނޭނގި ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ މއ. ޕެރީހީލިއަން، އަކްރަމް އަދީލް ސައީދު (25އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރޭ 19:22 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އޭނާ އެންމެ ފަހުން ފެނިފައިވަނީ މާރިޗް 23 ވަނަ ދުވަހުގެ 13:15 ހާއިރު، އޭނަ މިހާރު ދިރިއުޅޭ، ހުޅުމާލެ ފޭސް 2، އެޗް 15 އިން ކަމަށް އާއިލާއިން މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެހެންކަމުން އަކްރަމްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނަންބަރު 3035336 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން