ފާތިމަތު ނަޒީފާ އަޙްމަދު   26 މާރިޗު 2024 - 0:19
މޫސުން ގޯސްވެ، ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ވ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. އެގޮތުން ރޭ 11:45 އިން ފެށިގެން ފަތިހު 4:45 ގެ ނިޔަލަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.



އެހެންކަމުން، މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައި ވެއެވެ.

މިއަދު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓުން ލަފާކޮށްފައި ވާއިރު، އިހުސާސް ކުރެވޭ ހޫނުމިން މިއަދު 45 ޑިގްރީ ސެލްޝިއަސްއަށް އަރާފައިވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އާއްމުކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން