ކެންޑިޑޭޓުންގެ އިންތިޚާބީ ހައްގަށް އަރައިގަތުމަކީ ގާނޫނީ ކުށެއްކަން އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނާއިބު ރައީސް އިސްމާއިލް ހަބީބް ހަނދާންކޮށްދެއްވައިފި އެވެ.
އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓޫންގެ ކެމްޕޭން ޕޯސްޓަރުތަކާއި ބިލްބޯޑުތަކަށް ގެއްލުން ދިނުމުގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ.
ގެއްލުންދީފައިވާ ބިލްބޯޑު އަދި ޕޯސްޓަރުތަކުގެ ތެރޭގައި ޑިމޮކްރެޓްސް، ވެރިކަން ކުރާ ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތައް ހިމެނެ އެވެ.
އެކަމާ ގުޅިގެން ހަބީބް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކެންޑިޑޭޓުންގެ އިންތިޚާބީ ހައްގަށް އަރައިގަތުމަކީ ގާނޫނީ ކުށެއް ކަމަށެެވެ. އަދި ކޮންމެ ކެންޑިޑޭޓަކަށްވެސް މިނިވަންކަމާއެކު ކެމްޕޭން ކުރުމުގެ ހައްގު އޮންނަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަދި އެފުރުސަތު މުވައްސަސާތަކުން ކެންޑިޑޭޓުންނަށް ފަހިކޮށް ދެއްވަންވާނެ." ހަބީބް ވިދާޅުވި އެވެ.
ކެމްޕޭން ޕޯސްޓަރު އަދި ބިލްބޯޑުތަކަށް ގެއްލުން ދިނުމުގެ މައްސަލަ ބައެއް ކެންޑިޑޭޓުން ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ. ނަމަވެސް އެފަދަ މައްސަލައެއްގައި މީހަކު ހައްޔަރުކުރިކަމެއް އަދި ނޭނގެ އެވެ.

ARG
ކިޔުންތެރިންގެ ހިޔާލު