އެމްޑީޕީ މެމްބަރުންނާ ބައްދަލު ކުރީތީ ދެ ރަށެއްގެ ސްޓެލްކޯ މެނޭޖަރުން ވަޒީފާއިން ވަކިކޮށްފި ކަމަށާއި މަޖިލިސް މެޖޯރިޓީ ލިބިއްޖެނަމަ އަނިޔާވެރިކަން ހައްދުފަހަނައަޅާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ، ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމާއެކު އިއްޔެ އއ. މާޅޮހަށް ކުރެއްވި ދަތުރުގައި، މަރުހަބާ ކިޔުމަށް ސްޓެލްކޯގެ މެނޭޖަރ އަހްމަދު ލަތީފް ބައްދަލުކުރުމުން މިއަދު އޭނާ ވަޒީފާއިން ވަކި ކޮށްފައިވާ ކަމަށެވެ.
އަދި ލ. މާބައިދޫ ސްޓޭޝަން މެނޭޖަރ ހަސަން ޝައުގީ ވެސް ވަނީ އެއްވެސް ޚައްގަކާ ނުލާ މިއަދު ވަޒީފާއިން ވަކިކޮށްފައި ކަމަށް ފައްޔާޒު ތުހުމަތު ކުރައްވައެވެ.
"މަޖިލީހުގެ މެޖޯރިޓި ނެތި މިވަރުކޮށްލާއިރު، މެޖޯރިޓީ ލިބިއްޖެނަމަ މިސަރުކާރުގެ އަނިޔާވެރިކަން ހައްދުފަހަނައަޅައި ދާނެ." ފައްޔާޒު ވިދާޅުވިއެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ވެރިކަން ކުރާ ޕާޓީއާއި އިދިކޮޅުންވެސް ދަނީ ފޯރިއާއެކު ކެމްޕޭން ކުރަމުންނެވެ. އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރުމުން އަންނަ މަހު 21 ވަނަ ދުވަހު އިންތިހާބު ބާއްވަން މިހާރު ވަނީ ނިންމައިފަ އެވެ.

ކުރީގެ ނާއިބުރައީސް ފައިސަލް ނަސީމްއާއެކު އިއްޔެ އއ.މާޅޮހަށް އަޅުގަނޑު ކުރި ދަތުރުގައި ސްޓެލްކޯގެ މެނޭޖަރ އަހްމަދު ލަތީފް އަޅުގަޑުމެންނަށް މަރުހަބާކިޔުމަށް ބައްދަލުކުރުމުން މިއަދު މި އަނިޔާވެރި ސަރުކާރުން ވަނީ އޭނާ ވަޒީފާއިން ވަކި ކޮށްފަ. އަދި ލ. މައިބާދޫ ސްޓޭޝަން މެނޭޖަރ ހަސަން… pic.twitter.com/HnfPsi5EWL
— Fayyaz Ismail (@faya_i) March 24, 2024
"މަޖިލީހުގެ މެޖޯރިޓި ނެތި މިވަރުކޮށްލާއިރު، މެޖޯރިޓީ ލިބިއްޖެނަމަ މިސަރުކާރުގެ އަނިޔާވެރިކަން ހައްދުފަހަނައަޅައި ދާނެ." ފައްޔާޒު ވިދާޅުވިއެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ވެރިކަން ކުރާ ޕާޓީއާއި އިދިކޮޅުންވެސް ދަނީ ފޯރިއާއެކު ކެމްޕޭން ކުރަމުންނެވެ. އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރުމުން އަންނަ މަހު 21 ވަނަ ދުވަހު އިންތިހާބު ބާއްވަން މިހާރު ވަނީ ނިންމައިފަ އެވެ.
ކިޔުންތެރިންގެ ހިޔާލު