މާލޭގައި މިރޭ އިރާކޮޅު ހިންގި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

މާލޭގެ ރޯޝަނީ މަގުގައި ގުރޫޕެއްގެ ބަޔަކު މާރާމާރީ ހިންގާ ވީޑިއޯ ޝޯޝަލް މީޑިޔާގައި ވަނީ އާންމުވެފައެވެ. އެކަމާ ގުޅިގެން ޕޮލިސް ކޮމިޝަނަރު ބިއުރޯގެ ހެޑް އަހްމަދު ޝިފާން މިރޭ ވިދާޅުވީ މާލޭގައި ހިންގި މާރާމާރީ އާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މާރާމާރީގެ މައްސަލަ އިތުރަށް ތަޙްގީގުކުރަމުންދާ ކަމަށް ޝިފާން ވިދާޅުވިއެވެ.

ޝޯޝަލް މީޑިޔާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަގޮތުގައި މަގުމަތީގައި މީހަކު ވައްޓާލައިގެން އެމީހާއަށް ގިނަ ބަޔަކު އަނިޔާ ކުރި މަންޒަރު ފެނެއެވެ. އަދި މާރާމާރީއަށް ފަހު އެއްބައި މީހުން ސައިކަލަށް އަރައިގެން ވަނީ އެ ސަރަހައްދުން ފިލާފައެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު މިމައްސަލައިގައި ތުހުމަތުކުރެވޭ މީހުން ހައްޔަރު ކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން