މާލެސިޓީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝްއަށް ގއ. މާމެންދޫގައި ހަމަލާދިން މައްސަލަ ލަސްނުކޮށް ބެލުމަށް މާލެ ސިޓީ ކައުންސިލުން ގޮވާލައިފިއެވެ.

ސިޓީ ކައުންސިލުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މާމެންދޫގައި ނަރީޝްއަށް ދިން ހަމަލާ އެ ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ.

އަދި އެކަންކުރި ބަޔަކު ​ވީ އެންމެ އަވަހަކަށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ފުލުހުންނަށް ވަނީ އިލްތިމާސް ކޮށްފައެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕޭންގައި މިއަދު އެ ރަށަށް ވަޑައިގަތުމުން ނަރީޝްއަށް ވަނީ ބަޔަކު ހަމަލާދީ މާރާމާރީ ހިންގާފައެވެ. އެ މައްސަލާގައި ފުލުހުން މިހާރުވަނީ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންގޮސްފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ނަރީޝްއަށް ހަމަލާދީފައިވަނީ އޭގެ ކުރިން އިންޒާރުތަކެއް ވެސް ދިނުމަށްފަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން