ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް ގދ. މާމެންދޫއަށް ‏މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަޙްމަދު ނަރީޝް ވަޑައިގެން އުޅުއްވަނިކޮށް އޭނާއަށް ހަމަލާދީފިއެވެ.

ފުލުހުން މިރޭ ބުނީ، ކެމްޕޭނަށް ނަރީޝް އެ ރަށަށް ވަޑައިގެންނެވުމުން އޭނާއަށް ހަމަލާ ދީފައިވާކަމުގެ ރިޕޯޓް ހަވީރު 5:00 ހާއިރު ލިބިފައިވާ ކަމަށެވެ.

އަދި ނަރީޝްއަށް ހަމަލާދިން މީހާ ކަމަށް ތުހުމަތުކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން ކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.

ނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން